
ފޮރެސްޓާއި ބްރާގާ ވާދަކުރި މެޗުގެ ތެރެއިން...
ޔުރޮޕާ ލީގް: ރަށުން ބޭރުގައި ބްރާގާ އަތުން ފޮރެސްޓް ބަލިވެއްޖެ

ހަސަން ޝަމްއޫން - 23 ޖެނުއަރީ 2026 - 02:21
ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ޕްރެމިއާ ލީގުގެ ނޮޓިންގްހަމް ފޮރެސްޓާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލްގެ ބްރާގާ އިން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޔުރޮޕާ ލީގުގައި ބްރާގާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ފްރާންސްގެ ނީސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިމުބާރާތުގައި ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ނެދަލޭންޑްސްގެ އުޓްރެކްޓް 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބްރާގާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާކަރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަދި ދެވަނަ ހާފުގައި ފޮރެސްޓުން ކުޅުން ރަނގަޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ.
އެގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި މެޗުގެ ލީޑުހޯދުމަށް އެޓީމަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް އެޓީމުގެ މިޑްފީލްޑަރު މޯގަން ގިބްސް ވައިޓް ކުރިއަށް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، ޖެހިގެންއައި މިނެޓުގައި ބްރާގާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑަކީ ފޮރެސްޓްގެ ފޯވާޑް ރަޔަން ޔެޓްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިމެޗުން ބްރާގާ މޮޅުވި ނަމަވެސް މުޅި މެޗުގައި ވެސް ފޮރެސްޓްގެ ގޯލާއި އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއް ފޮނުވާލެވިފައެއްނުވެއެވެ. އަދި މިމެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފޮރެސްޓްގެ އެލިއޮޓް އެންޑަސަންއަށް ދެއްކި ރަތްކާޑާއެކު ފޮރެސްޓުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން ބްރާގާއަށް 16 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުވެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ފޮރެސްޓް އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދީ 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔުރޮޕާ ލީގު: ފެނަބާޗޭ ބަލިކޮށް، ބާކީ އެއްމެޗު އޮއްވައި އެސްޓަންވިލާ އިން ދެވަނަ ބުރު ޔަގީންކޮށްފި
ދުވަހެއް ކުރިން

ކޭންގެ ދެލަނޑާއެކު ރޯޔަލް ޔޫނިއަން ބަލިކޮށް ބަޔާން އިން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި
2 ދުވަސް ކުރިން

ވާދަވެރި ކުޅުމަކަަށްފަހު ފަހަތުން އަރައި ބާސެލޯނާ އިން ސްލާވިއާ ޕްރާގް ބަލިކޮށްފި
2 ދުވަސް ކުރިން

މާސޭ އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
2 ދުވަސް ކުރިން


