
ބާސެލޯނާ އާއި ސްލާވިއާ ޕްރާގް ވާދަކުރި މެޗުގެ ތެރެއިން..
ވާދަވެރި ކުޅުމަކަަށްފަހު ފަހަތުން އަރައި ބާސެލޯނާ އިން ސްލާވިއާ ޕްރާގް ބަލިކޮށްފި

ހަސަން ޝަމްއޫން - 21 ޖެނުއަރީ 2026 - 23:36
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ޗްކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނުގެ ފްރެންކްފާޓް އަތުން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. މިމުބާރާތުގައި ސްލާވިއާ ޕްރާގް އެންމެ ފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ރަށުން ބޭރުގައި އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްލާވިއާ ޕްރާގް އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވަސިލް ކުސޭޖް އެވެ.
ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި މިޑްފިލްޑަރު ފަރމިން ލޮޕޭޒް ކާމިޔާބުކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފަރމިން ލޮޕޭޒް އެވެ. ނަމަވެސް އޭގެ ދެމިނެޓްފަހު ލެވަންޑޮސްކީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ދެވަނަ ފަހަރަށް އެޓީމުން ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ކާމިޔާބުކުރިއިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން ބާސެލޯނާއަށް 13 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ. އަދި މިމެޗުން ބަލިވި ސްލާވިއާ ޕްރާގް އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 34 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔުރޮޕާ ލީގު: ފެނަބާޗޭ ބަލިކޮށް، ބާކީ އެއްމެޗު އޮއްވައި އެސްޓަންވިލާ އިން ދެވަނަ ބުރު ޔަގީންކޮށްފި
ދުވަހެއް ކުރިން

ޔުރޮޕާ ލީގް: ރަށުން ބޭރުގައި ބްރާގާ އަތުން ފޮރެސްޓް ބަލިވެއްޖެ
ދުވަހެއް ކުރިން

ކޭންގެ ދެލަނޑާއެކު ރޯޔަލް ޔޫނިއަން ބަލިކޮށް ބަޔާން އިން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި
2 ދުވަސް ކުރިން

މާސޭ އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
2 ދުވަސް ކުރިން


