logo
ފެނަބާޗޭ އާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން..

ފެނަބާޗޭ އާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން..

ޔުރޮޕާ ލީގު: ފެނަބާޗޭ ބަލިކޮށް، ބާކީ އެއްމެޗު އޮއްވައި އެސްޓަންވިލާ އިން ދެވަނަ ބުރު ޔަގީންކޮށްފި

profile

ހަސަން ޝަމްއޫން - 23 ޖެނުއަރީ 2026 - 02:22

ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ރަށުން ބޭރުގައި ތުރުކީގެ ފެނަބާޗޭ އާއި ދެކޮށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި އެސްޓަން ވިލާ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

ޔުރޮޕާ ލީގުގައި އެސްޓަން ވިލާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ސްވިޒަލޭންޑްގެ ބާސެލް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިމުބާރާތުގައި ފެނަބާޗޭ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ނޯވޭގެ ބްރާން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައި މެޗުގެ 25 ވަނަ މިނެޓުގައި އެސްޓަން ވަލާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ އެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ދެޓީމުގެ ނުވަ ކުޅުންތެރިއަކަށް ރީނދޫކާޑު ދައްކާފައިވާއިރު އޭގެ ތެރޭގައި އެސްޓަން ވިލާގެ ފަސް ކުޅުންތެރިއަކާއި، ފެނަބާޗޭގެ ހަތަރު ކުޅުންތެރިއަކު ހިމެނޭއިރު. މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން އެސްޓަން ވިލާއަށް 18 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ފެނަބާޗޭ އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay