
ކުރުދީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ސޫރިޔާ ސިފައިން އަރަމުންދަނީ
ކުރުދީން ގޮތް ދޫކޮށް ސަރުކާރަށް އެއްބާރުލުން ދޭން ނިންމައިފި

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 13:05
ވަކި ޖަމާއަތް ހަދައިގެން ވަކި ދައުލަތެއް ގާއިމުކުރަން އުޅުނު ކުރުދީ ހަނގުރާމަވެރިން ސޫރިޔާގެ މައި ސަރުކާރުގެ ބެލުމުގެ ދަށަށް ދިއުމަށް އެއްބްސަވެއްޖެ އެވެ.
ސޫރިޔާ ސަރުކާރު ސިފައިންނާއި، ކުރުދީންނާ މެދު ކުރިމަތިލުންތަކެއް ހިނގައި، މިދިޔަ ހޮނިހިރު ދުވަހު ސޫރިޔާ ސިފައިން ވަނީ ކުރުދީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ބައެއް ސަރަހައްދުތަކަށް އަރަން ފަށާފައިވާއިރު މި އެއްބަސް ވުމަކާއި ހަމައަށް ނާދެވި އެތައްބަޔަކު ވަނީ މަރުވެފަ އެވެ.
މި މަޝްވަރާތަކުގައި އިސް ދަޢުރެއް އަދާކުރެއްވި، އެމެރިކާގެ މަންދޫބު ޓޮމް ބަރެކް ވަނީ މިއީ ހަމަނުޖެހުންތަކަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
2024ވަަނަ އަހަރުގެ ފަހުކޮޅު ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ދެން ވެރިކަމާ ޙަވާލުވި އަޙްމަދު އަލްޝަރާޢުގެ ވިސްނުން ހުރީ ޤައުމުގައި ބައިބައިވުން ނައްތާލުމަށެވެ. އެ ގޮތުން ކުރުދީން ހިންގާ އަސްކަރީ އަދި މަދަނީ ގުނަވަންތައް ދައުލަތުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ޝަރާޢު ބޭނުންވެއެވެ.
ސޫރިޔާގެ މައި ސަރުކާރުގެ ދަށަށް ކުރުދީން ގެނައުމުގެ އެއްބަސްވުން މުޅީން އެކުލަވައިލަން، އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މައި ސަރުކާރުގެ ދަށަށް އައުމަށްފަހު ވެސް، ސޫރިޔާގެ އިރު އުތުރުގެ ސަރަޙައްދުތައް ހިންގުމުގައި ކުރުދީންގެ އިސް ދަޢުރެއް އޮންނަ ގޮތަށް އެ އެއްބަސްވުމުގައި ވަނީ ހިމަނައިފައެވެ.
ސޫރިޔާގެ ކުރުދީންނަށް ސޫރިޔާގެ ރައްޔިތުންކަން އަލުން ދިނުމާއެކު، އެ މީހުން ބަސް ރަސްމީކޮށް ބަލައިގަންނަން، ޝަރާޢު ވަނީ ރިޔާސީ ޤަރާރަކުން ނިންމައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ ކިބައިން ސަލާމަތްތެރިކަން ހޯދައި ހަނގުރާމަ ހުއްޓުމަށް އީޔޫ އިން ގޮވާލައިފި
11 ގަޑިއިރު ކުރިން

ކުޑަ ކުއްޖެއްގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
11 ގަޑިއިރު ކުރިން

ލަންކާގައި ޙަރަދުކުޑަކުރަން ހަފްތާއަކު 4 ދުވަހު އޮފީސްތައް ހުޅުވާގޮތަށް ނިންމައިފި
ދުވަހެއް ކުރިން

ކަނދުފަތި އެޅުމުގެ ރެކޯޑު މި ސަރުކާރަށް!
ދުވަހެއް ކުރިން


.gif&w=3840&q=75)