
މިހާތަނަށް 1،227 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޝަށް ނެރެފި

މުޙައްމަދު ފަޟްލޫން - 17 ޖުލައި 2025 - 13:00
މި އަހަރުގެ މިހާތަނަށް 1227 ޓޫރިސްޓް ފެސިލިޓީ އެއް އޮޕަރޭޝަނަށް ގެނެސްފިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ޓޫރިސްޓު ފެސިލިޓީ ތަކުގެ އަދަދު ހުރީ 1،207 ގައެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އެ އަދަދު 1،227 އަށް އަރާފައިވާއިރު މިއީ 1.7 އިންސައްތައިގެ ކުރިއެރުމެކެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ތެރޭގައި ހިމެނެނީ 175 ރިސޯޓާއި، 877 ގެސްޓްހައުސްއާއި، 159 ސަފާރީ އުޅަނދުގެ އިތުރުން 16 ހޮޓަލެވެ.
ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ވަނީ 64,373 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 44,047 އެނދާއި، ގެސްޓު ހައުސްތަކުގެ 14,854 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,162 އެނދުގެ އިތުރުން ހޮޓާތަކުގެ 2,310 އެނދެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,195,693 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 9.5 އިންސައްތަ އިތުރު އަދަދެކެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން މިހާތަނަށް ޗައިނާއިން 163,370 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނަ އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން