
ކާނާ ނުލިބިގެން 24 ގަޑިއިރު ތެރޭ ފަލަސްތީނުގެ 5 މީހުން ޝަހީދުވެއްޖެ

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2025 - 12:40
ކާނާ ނުލިބިގެން 24 ގަޑިއިރު ތެރޭ ފަލަސްތީނުގެ ފަސް މީހުން ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ކާނެ އެއްޗެއް ނުލިބިގެން ޝަހީދުވި 5 މީހުންގެ ތެރޭގައި ކުޑަ 2 ކުދިން ވެސް ހިމެނެއެވެ.
މިއާއި އެކީ 2023 އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ކާނާ ނުލިބި، ބަނޑުހައިހޫނުކަމުގައި ޣައްޒާއިން ޝަހީދުވި މީހުންގެ ވަނީ 227 އަށް އަރާފައެވެ. މީގެ ތެރޭގައި 103 ކުދިން ވެސް ހިމެނެއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތާއި އިސްރާއީލުގެ އަސްކަރިއްޔާއިން ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ދަތި ކުރަމުން އަންނަނީ ކާބޯތަކެތި ލިބުމުގައެވެ.
ޣައްޒާއަށް އެހީ ވެއްދުން އިސްރާއީލުން ހުއްޓުވާލިތާ އެތައް ދުވަހެއް ފަހުން ދާދި ފަހުން އެހީ ވެއްދުމުގެ ހުއްދަ ވަނީ ދީފައެވެ.
3 ސަރަހައްދަކުން އެހީ ވެއްދުމުގެ ހުއްދަ ދިން ނަމަވެސް އެންމެ އެކަށީގެންވާ ވަރަށް ޣައްޒާއަށް އެހީ ނުވަންނަ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހީ ނުލިބުމުގެ ސަބަބުން ޣައްޒާގެ ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާ ވެފައިވާއިރު، އެކުދިންނަށް ބޭނުންވާ ފޯމިއުލާ ފަދަ ތަކެތި ލިބުމުގައި ވެސް އިންތިހާއަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ޣައްޒާގެ ކުޑަކުދިން ބިންމަތިން ކާބޯތަކެތި ހޮވައިގެން ކާ މަންޒަރު ވެސް ފެނިގެންދެއެވެ. އަދި ހަލާކުވެފައިވާ ކާނާ ކާ މަންޒަރު ވެސް ފެނެއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާތަކެއް ދެމުން އަންނަތާ އެތަކެއް އަހަރު ވެގެން ގޮސްފައިވާއިރު، ފަހަކަށް އައިސް ދެމުން އަންނަ ހަމަލާތަކަކީ 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެއްކަން ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން