logo

ފުރަތަމަ 6 މަސްދުވަހު 1.7 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް މީރާ އިން ބަލައިގަނެފި

profile

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2025 - 13:40

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 1.7 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް މީރާ އިން ބަލައިގަނެފިއެވެ.

https://wamco.com.mv/

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވަނީ ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވޮލަޕްމަންޓް ފީ އިންނެވެ.

ފުރަތަމަ 6 މަސްދުވަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 879،898،237 (އަށްސަތޭކަ ހަތްދިހަ ނުވަ މިލިޔަން އަށްލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ތިރީސް ހަތެއް) ރުފިޔާއެވެ. އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 594،514،301 (ފައްސަތޭކަ ނުވަދިހަ ހަތަރު މިލިޔަން ފަސްލައްކަ ސާދަހާސް ތިންސަތޭކަ އެކެއް) ރުފިޔާއެވެ. އެހެންކަމުން މިއީ %48 އިތުރުވުމެކެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ފުރަތަމަ 6 މަސްދުވަހު ލިބިފައިވަނީ 885،816،410 (އަށްސަތޭކަ އަށްޑިހަ ފަސް މިލިޔަން އަށްލައްކަ ސޯޅަހާސް ހަތަރުސަތޭކަ ދިހަ) ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 606،720،188 (ހަސަތޭކަ ހަ މިލިޔަން ހަތްލައްކަ ވިހިހާސް ސަތޭކަ އަށްޑިހަ އަށް) ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އަދަދު ވަނީ %46 އިތުރުވެފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ 6 މަސްދުވަހުގެ ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ، ދައުލަތުގެ އާމްދަނީގެ %10.6 ހިއްސާކުރެއެވެ.

ޑިޕާޗަރ ޓެކްސް އަކީ ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްއެކެވެ.

ޑިޕަޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.

މީގެ އިތުރުން ވެސް މީރާ މެދުވެރިކޮށް ދައުލަތަށް ހުސްވި މަހުގެ ތެރޭގައިވެސް ބޮޑު އާމްދަނީ އެއް ވަނީ ލިބިފައެވެ. އެގޮތުން ހުސްވި ޖޫން މަހު ދައުލަތަށް ވަނީ 18.6 ބިލިއަން ރުފިޔާ ލިބިފައެވެ.

https://wamco.com.mv/
https://www.aslu.com.mv