logo

ވަތަނީ ހިދުމަތުގެ 3 ވަނަ ފަންނީ ތަމްރީނުގެ ބައިވެރިންނަށް ރައީސް ކާމިޔާބީއަށް އެދިވަޑައިގެންފި

profile

ޖިނާން ޙުސައިން ޖަބީން - 12 އޮކްޓޯބަރު 2026 - 11:22

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގައި ބައިވެރިވާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

https://wamco.com.mv/

ވަތަނީ ހިދުމަތުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ޒުވާނުން، ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް މިއަދު ވަނީ ފުރައިފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ.

View post on Twitter

މި ބެޗުގައި ސެޓްފިކެޓް ލެވެލް 3 ގެ 6 ކޯހެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން، އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ވަޒީފާގެ ބާޒާރުގެ ފަންނީ ހުނަރުތައް ދަސްވެފައިވާ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ފުރިހަމަ ދުޅަހެޔޮކަމެއް ލިބިފައިވާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. މި މަގުސަދު ހާސިލުކުރުމުގެ ގޮތުން، މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަހްލާގާއި ސުލޫކު، އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ތަމްރީނުތައް ފޯރުކޮށްދެވޭނެއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއަށް އިތުރު ފަންނީ ދާއިރާތައް ތައާރަފްކޮށް، ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައް ވެސް ތައާރަފްކުރައްވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319