logo

”ރައްޔިތުންގެ އަޑު“ ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!

profile

ޖިނާން ޙުސައިން ޖަބީން - 09 އޮކްޓޯބަރު 2026 - 16:30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާއެއްގެ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

"ރައްޔިތުންގެ އަޑު" މި ސިލްސިލާއަކީ ރައީސް މުޢިއްޒުއާ ސީދާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ބޮޑަށް އެ ފުރުސަތު ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ސިލްސިލާގެ ދަށުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ މެދު ހެންވޭރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، ހަނިމާދޫ ދާއިރާ، ކެނދިކުޅުދޫ ދާއިރާ، އޭދަފުށި ދާއިރާ، ތިމަރަފުށި ދާއިރާ، މަޑަވެލި ދާއިރާގެ އިތުރުން ހިތަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެންނާނެއެވެ. ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ މިހިނގާ އޮކްޓޫބަރު މަހުގެ 18 ވާ އާދިއްތަ ދުވަހުގެ ރޭ 12:00 އެވެ.

ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ވާހަކަތައް އަޑުއެއްސެވުމުގެ ބޭނުމުގައި ވަކިވަކި ދާއިރާތަކުން ރައީސާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެކަން އެ މަނިކުފާނު އިއުލާނުކުރެއްވީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 101 ރައްޔިތުންނާ ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވައިފައެވެ.

https://wamco.com.mv/
tel:+9607331319