logo

ރެއާއި ދުވާލު މި މަސައްކަތްކުރަމުންދަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނެސްދޭން: ރައީސް

profile

ޖިނާން ޙުސައިން ޖަބީން - 09 އޮކްޓޯބަރު 2026 - 04:31

ރެއާއި ދުވާލު މަސައްކަތްކުރައްވަމުން ގެންދަވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނެސްދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ނުވަވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައްޔިތުންގެ އަޑުގެ މި ހަފުތާގެ ޕްރޮގްރާމުގައި މީހަކު ވަނީ އޮންލައިން ޕްލެޓްފޯމުތަކުން ވިޔަފާރިކުރުމުގައި ދިމާވާ ދަތިތައް އެ މަނިކުފާނާ ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އޮންލައިން ޕްލެޓްފޯމުތަކުން ވިޔަފާރިކުރާ ބައެއް ކަމަށާއި، ނަމަވެސް އޮންލައިން ވިޔަފާރިކުރުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ޓެމޫ އާއި އަލީއެކްސްޕްރެސް ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ރެއާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވަނީ މި މައްސަލަ ހައްލުކޮށްދެއްވުމަށް ކަމަށެވެ.

"ރެއާއި ދުވާލު މިއުޅެނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ." - ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ފަހަކަށް އައިސް އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ވިޔަފާރިކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމެވެ. ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އޮންލައިން ވިޔަފާރިތައް މެދުވެރިކޮށް ރާއްޖެއިން ނުލިބޭ މުދަލާއި ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދެއެވެ. ނަމަވެސް އޮންލައިން ވިޔަފާރިކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

https://wamco.com.mv/
tel:+9607331319