
"ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް މުއިއްޒު އުފައްދަވައިފި

ޖިނާން ޙުސައިން ޖަބީން - 08 އޮކްޓޯބަރު 2026 - 11:59
"ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ސަރުކާރުގެ ހިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. ސަރުކާރުގެ ހިދުމާތު މަރުކަޒުތައް އުފެއްދެވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/16 އިން މިކަން ވަނީ މިއަދު އިއުލާންކުރައްވާފައެވެ.
އެގޮތުން "ސަރުކާރުގެ ހިދުމާތު މަރުކަޒު" ތަކުގެ ގޮތުގައި އުފެއްދެވީ:
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ހއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ހދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ށ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ނ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ރ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ބ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ޅ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ކ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – އއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – އދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ވ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – މ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ފ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ތ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ލ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ގއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ގދ. އަތޮޅު
ސަރުކާރުގެ ހިދުމާތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ)ގެ 1 ގައިވާ ގޮތުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ. މި މަރުކަޒުތައް އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ ހިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަރުކާރުގެ ހިދުމާތު މަރުކަޒުތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވައިފައިވާ ގޮތުގެ ލިސްޓުވެސް ހިމަނުއްވާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ހުށަހެޅުމަށް ހުޅުވާލަނީ
3 މަސް ކުރިން

ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ވަރުގަދަ ކޮށް، ޒަމާނީ ހައްލު ހޯދަނީ
3 މަސް ކުރިން

ވެނެޒުއޭލާއަށް އައި ބިންހެލުންތަކާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
3 މަސް ކުރިން

ރައީސް، ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ސަފީރުން ޢައްޔަން ކުރައްވައިފި
3 މަސް ކުރިން


