
ވެނެޒުއޭލާއަށް އައި ބިންހެލުންތަކާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި

އާމިނަތު ޝަޒްލާ - 25 ޖޫން 2026 - 12:08
ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން، އެ ޤައުމުގެ ވަގުތީ ރައީސާ، ހަރ އެކްސެލެންސީ ޑެލްސީ އެލޮއީނާ ރޮޑްރިގޭޒް ގޯމޭޒަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެ މަނިކުފާނު ވަނީ މި ބިންހެލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ވެނެޒުއޭލާގެ ވަގުތީ ރައީސާއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވައި، މި ހިތާމަވެރި ދަނޑިވަޅުގައި އެފަރާތްތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރައީސް ވަނީ ދުޢާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެ ޤައުމުގެ ހާލަތު އަލުން އިއާދަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
11 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
11 ގަޑިއިރު ކުރިން

"ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް މުއިއްޒު އުފައްދަވައިފި
11 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގައި ސޮއިކުރީ ގަވައިދާ ޙިލާފަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރި ކަމެއް: ޑރ ޝަމްހީދު
16 ގަޑިއިރު ކުރިން


