logo

އަންހެން ކުދިން ބާރުވެރިކުރުވުމަކީ ފާގަތި މުސްތަގުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް މުއިއްޒު

profile

ޖިނާން ޙުސައިން ޖަބީން - 11 އޮކްޓޯބަރު 2026 - 07:05

އަންހެން ކުދިން ބާރުވެރިކުރުވުމަކީ ފާގަތި މުސްތަގުބަލަކަށް ކުރެވިގެންދާނެ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާ އެކު ދިވެހިރާއްޖެއިން ވެސް އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

View post on Twitter

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެ ކުދިންގެ ގާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވާނޭ ފަދަ ސިޔާސަތުތައް އެކަށައަޅައި، ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. މީގެއިތުރުން، އެކި ރޮނގުތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭ ފަދަ ވެއްޓެއްގެ ތެރެއިން، މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތުކޮށް، ގައުމީ ތަރައްގީގެ މައިދާނުގައި ހިއްސާދާރުންނަށްވުމުގެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި މުޅި މުޖުތަމައުގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ވަކިވަކި އާއިލާތަކާއި މުޅި މުޖުތަމައުން ފެށިގެން ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އެޅިގެންދާނެ އެންމެ މުހިންމު ބިންގާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319