logo

50 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް އެކަކު ބެލުމުގެ ދަށަށް ގެންގޮސްފި

profile

މުޙައްމަދު ފަޟްލޫން - 14 ސެޕްޓެމްބަރު 2026 - 13:04

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، 51 ބިދޭސީއަކު ބަލައި ފާސްކޮށް އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

އިމިގްރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް ގެ ދަށުން މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލޭގެ އާއްމު އެކި ސަރަޙައްދުތަކުގައެވެ.

މި އިންސްޕެކްޝަންގެ ތެރެއިން ޖުމްލަ 55 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ސިލްސިލާކޮށް ހިންގަމުންދާ ރެއިޑް އޮޕަރޭޝަންތަކުގައި، މިހާތަނަށް ގިނަ ޢަދަދެއްގެ ބިދޭސީން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސް ފިޔަވަޅު އަޅާފައެވެ. އެގޮތުން ކުރަނގި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް އަދާ ހަމަކޮށް ނުގަވާއިދުން އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ސަރުކާރުން ވަނީ މީގެ ކުރިން ފުރުސަތުތަކެއް ފަހިކޮށްދީފައެވެ.

https://wamco.com.mv/
tel:+9607331319