އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރަން ރުހުން ދީފި

ރިޟްވާން މޫސާ - 05 އޯގަސްޓު 2026 - 15:45
ދިވެހިރާއްޖޭން އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އިބްރާހިމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
މީގެ ކުރިން ރާއްޖޭން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި ހުންނެވީ ކުރިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް މުންދު އެވެ.
ނަމަވެސް މިހާރު މުންދު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކެޓްރީ ގެ މަގާމާއި ހަވާލުވެވަޑައިގެންނެވެ.
އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެ މައްސަލަ މަޖިލީހަށް ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާގައި ވަނީ ތޯރިގަށް ރުހުން ދީފަ އެވެ.
ޤާނޫނުއަސާސީ އާއި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ. އެމަނިކުފާނު އައިރީނާއަށް ކަނޑައަޅުއްވާ މަންދޫބަކަށް ޠާރިޤު އިބްރާހިމް އައްޔަން ކުރެއްވުމަށް ފޮނުވި މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ޠާރިޤު އެ މަޤާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް ވަނީ ފާސްކުރައްވާފައެވެ.
ޠާރިޤް އިބްރާހިމަކީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޠާރިޤްވަނީ މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު އަދާކުރައްވާފައެވެ. އަދި މިހާރު ހުންނެވީ ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީގެ ކުނި ކުނބުރުދޫއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެމްޑީޕީ އިން އެދިއްޖެ
3 ގަޑިއިރު ކުރިން

އއ. އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
5 ގަޑިއިރު ކުރިން

މިއަދުގެ ހާލަތަށް ވިސްނައި ބަދަލުނުކޮށް ދެން ކޮޅަކަށް ނުހުރެވޭނެ: ޝިފާޒް
7 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 20 މީހުން މަރުވެއްޖެ
8 ގަޑިއިރު ކުރިން


