
މިއަދުގެ ހާލަތަށް ވިސްނައި ބަދަލުނުކޮށް ދެން ކޮޅަކަށް ނުހުރެވޭނެ: ޝިފާޒް

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 13:53
މިއަދުގެ ހާލަތަށް ވިސްނައި ބަދަލުނުކޮށް ދެން ކޮޅަކަށް ނުހުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، ޝިއްޕެ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިފާޒް ފާހަގަކުރެއްވި ގޮތުގައި، ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
ވަކިން ހާއްސަކޮށް ކަރަންޓާއި، ފެނާއި، މުވާޞަލާތީ ޚިދުމަތްތަކުގެ ބިލުތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތައް އޭނާ ބަޔާންކުރެއްވިއެވެ.
މި ދަތިތަކުން އަރައިގަތުމަށްޓަކައި، ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ސިޔާސީ އިޙްތިޖާޖުތައް މެދުވެރިކޮށް އަޑުއުފުލުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.
މި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި ހަރަކާތަކީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަން ފާހަގަކުރައްވައި، އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް ދިއުމަކީ ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށާއި، ގައުމުގެ މިސްރާބު ހުރީ ނުބައި ދިމާލަކަށް ކަމަށްވާތީ އެމްޑީޕީން ހިމޭނުން ނުތިބޭނެ ކަމަށެވެ.
މީގެ އިތުރުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، އަތޮޅު ކައުންސިލްތައް މިސަރުކާރުން އުވާލާފައިވާތީ އެކަމާ މެދު ޝިފާޒް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީގެ ކުނި ކުނބުރުދޫއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެމްޑީޕީ އިން އެދިއްޖެ
3 ގަޑިއިރު ކުރިން

އއ. އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
5 ގަޑިއިރު ކުރިން
އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރަން ރުހުން ދީފި
5 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 20 މީހުން މަރުވެއްޖެ
8 ގަޑިއިރު ކުރިން


