.jpeg&w=3840&q=75)
އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 20 މީހުން މަރުވެއްޖެ

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 13:32
އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ވަނީ ކެރެލާގެ އަށް ސަރަހައްދަކަށް ރަތް ސަމާލު ނެރެ، މޫސުން އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ހާދިސާތަކުގައި 20 މީހަކު މަރުވެފައިވާއިރު، 7 މީހަކު ވަނީ ގެއްލިފައެވެ.
މީގެ އިތުރުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން 27 ގެއެއް އެއްކޮށް ސުންނާފަތިވެ، 196 އަށްވުރެ ގިނަ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު 7,600 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ސަރުކާރުން ގާއިމުކޮށްފައިވާ 300 އަށްވުރެ ގިނަ ވަގުތީ ހިޔާވަހިކަންދޭ ކޭމްޕުތަކަށް ބަދަލުކޮށްފައެވެ.
ކެރެލާގެ ފަރުބަދަމަތީ ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މައި މަގުތައް ބަންދުވެ، ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.
މި ނުރައްކާތެރި މޫސުމީ ހާލަތާ ގުޅިގެން ބައެއް ސަރަހައްދުތަކުގެ ތައުލީމީ މުއައްސަސާތައް ބަންދުކޮށްފައިވާއިރު، ސްޓޭޓް ލެވެލްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޓީޗަރުންގެ އިމްތިހާނެއްވެސް ސަރުކާރުން ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާމެންދޫ ފިޓްނަސް ސެންޓަރުގެ ބޮޑުބައި ނިމިއްޖެ
16 ގަޑިއިރު ކުރިން

ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
16 ގަޑިއިރު ކުރިން

ގްލޯބަލް ދުކާން އަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަަށައިފި
16 ގަޑިއިރު ކުރިން

މިހާތަނަށް ސައުދީ އިން ވަނީ ރާއްޖެއަށް 488 މިލިއަން ޑޮލަރުގެ އެހީފޯރުކޮށްދީފައި: ސައުދީ ސަފީރު
16 ގަޑިއިރު ކުރިން


