
ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ
އާސަންދައިން ކުރެވޭ ހޭދަކުޑަކުރަން ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުން: ގީލާ

މުޙައްމަދު ފަޟްލޫން - 10 އޯގަސްޓު 2026 - 12:04
އާސަންދަ ނިޒާމުގެ ތެރެއިން ކުރެވޭ ހޭދަ ކުޑަކުރުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންދާ ދިއުން މަދުކުރުމަށްޓަކައި، އެ ހިދުމަތްތައް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ބާރުގަދަ ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެންސަރު ބަލީގެ ފަރުވާއާއި، ކެތް ލެބް އަދި އެމް.އާރް.އައި ފަދަ މުހިންމު ޚިދުމަތްތައް ގާއިމުކުރުމަށް މަޝްރޫޢުތައް ކުރިއަށް ރޭވިފައިވާ ކަަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުން ފަރުވާއަށްޓަކައި ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކޮށް، އަމިއްލަ ގައުމުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންދާ މީހުންގެ އަދަދު އަދިވެސް އިތުރެވެ.
2023 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ކެންސަރު ބަލީގެ ފަރުވާއަށް އެކަނިވެސް 483 މީހަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އެހެނިހެން ބަލިތަކަށް ފަރުވާ ހޯދުމަށް 821 މީހަކު އާސަންދައިގެ އެހީގައި ބޭރަށް ދަތުރުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ: އިހުސާން
3 ގަޑިއިރު ކުރިން

ޕީޖީ އޮފީހުގެ 2.0 މަޝްރޫޢު ރައީސް އިފްތިތާޙުކޮށްދެއްވައިފި
3 ގަޑިއިރު ކުރިން

ޑޮލަރުގެ އަގު މައްޗަށްދަނީ ޑޮލަރު ނެތީމަ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން

ސުޕްރީމް ކޯޓް ވާކޮށްލާފައި 1 އަހަރަށްވުރެ ގިނަދުވަސް ބޭއްވި: ޝިފާޒް
5 ގަޑިއިރު ކުރިން


