
އެއީ ބޮޑު ބަދަލާއި ގުޅޭ ރަސްމީ ގުރޫޕެއް ނޫން: ފައްޔާޒް

ރިޟްވާން މޫސާ - 29 އޯގަސްޓު 2026 - 08:08
"ބޮޑު ބަދަލު" ވަޓްސްއަޕް ގުރޫޕް އިން ވަކިވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެ ގުރޫޕަކީ "ބޮޑު ބަދަލު"ގެ ރަސްމީ ގުރޫޕެއް ނޫން ކަމަށް ބޮޑު ބަދަލުގެ އެންމެ އިސް މޭސްތިރިޔާ އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ބޮޑު ބަދަލު ވަޓަސްއަޕް ގުރޫޕުން ލީވް ވީކަމަށް ބުނެ ފެތުރިފައިވާ ވާހަކަ ތަކާއި ގުޅިގެން "އަސްލުޓީވީ" އަށް މިއަދު ހެނދުނު ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ފައްޔާޒް ވިދާޅުވީ އެއީ ބޮޑު ބަދަލުގެ އަސްލު ގުރޫޕެއް ވެސް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބަޔަކު ހަދައިގެން އުޅުނު ބޮޑު ބަދަލު ކިޔާ ގުރޫޕަކަށް އެމަނިކުފާނުވެސް ވައްދާފައިވާ ކަމަށާއި، އެ ގުރޫޕުން އެމަނިކުފާނު ނުކުމެފައިވަނީ މިހާރަކުވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ މީގެ ތިން ހަފްތާ ކުރިން ހިނގާފައިވާ ކަމެއް ކަމަށެވެ.
"އެއީ އަސްލު ގުރޫޕެއް ނޫން. އަޅުގަނޑު އެ ގުރޫޕުން ލީވް ވީ އެއީކީ މިހާރަކު ހިނގައިގެން އުޅޭ ކަމެއް ވެސް ނޫން. އެއީ މީގެ ތިން ހަފްތާގެ ވެސް ކުރިން ހިނގާފައި އޮތް ކަމެއް." ފައްޔާޒް އަސްލުޓީވީ އަށް ވިދާޅުވި އެވެ.
ފައްޔާޒް އަސްލު ޓީވީ އަށް ވިދާޅުވީ އެމަނިކުފާނާއި އެއްވެސް ބޭފުޅަކާއި މައްސަލައެއް ނެތް ކަމަށާއި، ރާއްޖެއަށް ކޮންމެހެން ގެންނަން ޖެހޭ ބޮޑު ބަދަލުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބޮޑު ބަދަލުގެ ގުރޫޕުން އެމަނިކުފާނު ލީވް ވި ވާހަކަ ބައެއް ނޫސްތަކުގައި ރިޕޯރޓު ކޮށްފައިވުމުން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ވަނީ އެކަމާއި ގުޅިގެން ޕޯސްޓެއްވެސް ހިއްސާ ކުރައްވާފަ އެވެ.

Fayyaz Ismail on X: "ސަންއަށް އަޅުގަނޑުގެ ނަންބަރުން އެނގޭނެ އަދި މިފަދަ ކަމެއްގައި ސުވާލު ކުރުމުން ޖަވާބުދޭނެކަން އެނގޭނެ، ގުޅާލެއްވިނަމަ ރަނގަޅުވީސް. މިއީ ހަބަރަކަށް ވާވަރުގެ ކަމަކަށްވާނަމަ މިކަމުގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުން. "ބޮޑު ބަދަލު" ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކު… / X
އެ ޕޯސްޓުގައި ބުނެފަިއވަނީ ވެސް އެ ގުރޫޕަކީ ރަސްމީ ގުރޫޕެއް ނޫން ކަމަށާއި، އެމަނިކުފާނާއި ރައީސް ނަޝީދުގެ މަސައްކަތްޕުޅު ނިންމަވާލާނީ ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއިދުކުރައްވާ އަދި އުންމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށް ގެނެސްދެއްވުމަށް ފަހުގައި ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާ ގުޅުވައިދޭ އެއްބައިވަންތަކަމާއި އުންމީދުތަކުގެ ރަމްޒެއް: ރައީސް
7 މިނިޓު ކުރިން
.jpeg&w=3840&q=75)
ހިމަބިހި ކޮންޓްރޯލުން ނެއްޓެނީ؟ ކޭސްތަކުގެ އަދަދު 243 ފަހަނައަޅައިފި!
11 ގަޑިއިރު ކުރިން

ބިދޭސީންގެ ވަޒީފާގެ އައު ކެޓަގަރީތަކާ މެދު އެޗްޕީޔޫގެ ހިތްހަމަނުޖެހުން ސަރުކާރަށް!
16 ގަޑިއިރު ކުރިން

ގެދޮރު ގެއްލި މަގުމަތިވި ނޭޕާލުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެދެނީ
16 ގަޑިއިރު ކުރިން


