logo

ޓޫރިޒަމް ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށްދެވޭނެ އެންމެ ބޮޑު ގެއްލުން: ފައްޔާޒް

profile

މުޙައްމަދު ފަޟްލޫން - 25 އޯގަސްޓު 2026 - 05:35

ޓޫރިޒަމް ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށްދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޑޮލަރުގެ އަގުބޮޑުވަމުންދިއުމާއި ސަރުކާރުގެ އިގްތިސާދީ ހާލަތާއި ގުޅިގެން ފޭސްބުކްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ޑޮލަރުގެ އަގު 17.50 އިން 23 ރުފިޔާ ފަހަނަ އަޅައި ދިޔައީ ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެން ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުން ޓީޖީއެސްޓީ އާއި ގްރީންޓެކްސް އާއި އެއަރޕޯޓް ފީތައް ބޮޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށް އީ ކޮމާސް ސައިޓްތަކުން 30 ޕަސެންޓް ނަގަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި ސަރުކާރަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް މިސަރުކާރަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަކީ ހަރަދު ކުޑަކުރުމާ އެކީގައި އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނު އިރުވެސް ރާއްޖޭގެ އިގްތިސާދު ނުވެއްޓޭފަދަ ފުން އަނދަވަޅަކަށް މިސަރުކާރުން ވައްޓާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން ހަރަދު ކުޑަނުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބޭކާރު ހަރަދުކޮށް ދައުލަތުން ބިލިއަނުން މުސާރަދީ ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ވީ އިސްރާފުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮޑޫލައި ނޭޅުވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ސަރުކާރުން ޕްރައިވެޓް ސެކްޓަރ އެއްކޮށް ފުނޑާލިއިރު ބޭފުން ފައިސާއެއް އަދި އިންވެސްޓްމެންޓެއް ވެސް ނުގެނެވުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ގޮފިތަކެއް ގޮތަށް ބީއެމްއެލް އާއި އެމްއެމްއޭ ބަދަލުކޮށް މާރުކުރާ ޑޮލަރު ބޭނުންކުރަމުންދަނީ ސިޔާސީ އަޗާތެޅުމާއި އިގްތިސާދަށް މަންފާނުވާނެ ހަރަކާތްތަކަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިސަރުކާރުން ފައިސާ ޗާޕްނުކުރާ ކަމަށް ބުނާތީ އެކަމަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕްކޮށް އިގްތިސާދަށް މިދިޔަ މަހު ވައްދާފައިވާ ކަމަށެވެ.

މިއަދު ސަރުކާރުން އެ ދިމާކުރަނީ ދިވެހި ރިސޯޓް މުވައްޒަފުންނާއި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއަދު ސަރުކާރުން އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީ އިން ފަންޑުކުރަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ދިވެހި އިގްތިސާދުގެ ވިންދަނީ ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319