
ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ފްރީ އެއްބަސްވުމަކަށް ރުހުން ދީފި

މުޙައްމަދު ފަޟްލޫން - 11 ސެޕްޓެމްބަރު 2026 - 13:00
ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެކުލަވާލާފައިވާ އެއްބަސްވުމުގެ ޑްރާފްޓަށް ބެލަރޫސްގެ ރައީސް އަލެކްސަންޑާ ލުކަޝެންކޯ ރަސްމީކޮށް ރުހުން ދެއްވައިފިއެވެ.
ބެލަރޫސްގެ ރިޔާސީ ގަނޑުވަރުން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވޭނެ ރަސްމީ މަޝްވަރާތަކުގެ މައިގަނޑު އަސާސެވެ.
އިއްޔެ ރައީސް ލުކަޝެންކޯ ސޮއިކުރެއްވި ރިޔާސީ ގަރާރުގައިވާ ގޮތުން، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި އެތެރެވުމާއި، ފުރުމުގެ އިތުރުން ޓްރާންސިޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އިންތިޒާމުގެ ދަށުން ކޮންމެ ދަތުރެއްގައިވެސް އެންމެ ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެއެވެ. ނަމަވެސް، މީލާދީ އެއް އަހަރު ދުވަހުގެ ތެރޭގައި ވިސާއާ ނުލައި ހޭދަކުރެވޭނެ ޖުމްލަ މުއްދަތަކީ 90 ދުވަސް ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ބެލަރޫސްގެ ފޮރިން މިނިސްޓްރީއަށް ވަނީ ދެއްވާފައެވެ.
މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ އަދި ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ދިވެހި ޚާރިޖިއްޔާގެ އިސް ވަފުދެއް ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކުރައްވައި، އެ ގައުމުގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗާ ބައްދަލުކުރައްވާފައިވެއެވެ. ބެލަރޫސްގެ ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި މިއީ ދެ ގައުމުގެ ދެމެދުގައި މި ފެންވަރުގައި ބޭއްވުނު ފުރަތަމަ ރަސްމީ ސިޔާސީ މަޝްވަރާތަކެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
28 މިނިޓު ކުރިން

ޑްރަގް ޓްރެފިކް ކުރުން: 2 ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
35 މިނިޓު ކުރިން

ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް: ހާލަތު މޮނީޓަރުކުރަނީ
38 މިނިޓު ކުރިން

ނޫސް މަޖައްލާތައް ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އޮކްޓޯބަރު 27 އަށް ހަމަވަނީ
40 މިނިޓު ކުރިން


