
ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް: ހާލަތު މޮނީޓަރުކުރަނީ

އާމިނަތު ޝަޒްލާ - 11 ސެޕްޓެމްބަރު 2026 - 12:54
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބެމުންދާތީ އެ ސަރަހައްދުތަކުގެ ހާލަތު ވަރަށް ގާތުން މޮނީޓަރު ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން މައުލޫމާތު ދެއްވި ގޮތުގައި، ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ފެންބޮޑުވެފައިވާއިރު، ރަށު ކައުންސިލްތަކާއި އެމްއެންޑީއެފް އަދި ދިވެހި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. މި ވިއްސާރައިގައި މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މީގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ، އެ ގޭގައި ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން އަންނަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ދެކުނުގެ ސަރަޙައްދުތަކަށް މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އެހެންކަމުން، މި ވިއްސާރައިގައި ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދެކުނުގެ ހުރިހާ އަތޮޅުތަކުގެ ހާލަތު ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ހާމަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
29 މިނިޓު ކުރިން

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ފްރީ އެއްބަސްވުމަކަށް ރުހުން ދީފި
33 މިނިޓު ކުރިން

ޑްރަގް ޓްރެފިކް ކުރުން: 2 ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
36 މިނިޓު ކުރިން

ނޫސް މަޖައްލާތައް ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އޮކްޓޯބަރު 27 އަށް ހަމަވަނީ
41 މިނިޓު ކުރިން


