
ނޫސް މަޖައްލާތައް ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އޮކްޓޯބަރު 27 އަށް ހަމަވަނީ

މުޙައްމަދު ފަޟްލޫން - 11 ސެޕްޓެމްބަރު 2026 - 12:53
އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރޭޝަން ބާތިލުވާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފިއެވެ.
މީޑިއާ ކޮމިޝަންގެ އައު ގާނޫނުގެ ދަށުން، ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ އައު ޤަވާއިދު މިހާރު ވަނީ ޢާންމުކޮށް ޢަމަލުކުރަން ފަށާފައެވެ.
މި ގަވާއިދުގައިވާ ގޮތުން، މިހާރު ހިންގަމުންދާ ނޫސް މަޖައްލާތަކުން، ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީވެ، މައުލޫމާތުތައް އަދާހަމަކުރަން ލާޒިމުކުރެއެވެ.
މި ގަވާއިދުގެ ދަށުން ނޫސް މަޖައްލާތައް މައިގަނޑު 4 ގިންތިއަކަށް ބަހާލާފައިވެއެވެ.
އޭގެ ތެރޭގައި ނޫހާއި، މަޖައްލާ އާއި ނިއުސްލެޓަރގެ އިތުރުން ޖާނަލް ހިމެނެއެވެ.
މީގެއިތުރުން ޕްރިންޓް މީޑިއާ، ވެބްސައިޓް، ސޯޝަލް މީޑިއާ، މޯބައިލް އެޕްލިކޭޝަން އަދި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތަކުގައި މިފަދަ ވަސީލަތްތައް ހިންގުމުގެ މިންގަނޑުތައްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އައު އުސޫލުގެ ދަށުން ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްދެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެ މުއްދަތު އައުކުރުމަށް ހުށަހަޅަންޖެހޭނެއެވެ.
މީގެއިތުރުން، އެއްވެސް ނޫސް މަޖައްލާއެއް ޝާއިޢުކުރުން މެދުކެނޑިފައިވާތާ 12 މަސްދުވަސް ވެއްޖެނަމަ، އެ ތަނެއްގެ ރަޖިސްޓްރީ އޮޓޮމެޓިކުން ބާތިލުވާނެ ކަމަށްވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
42 މިނިޓު ކުރިން

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ފްރީ އެއްބަސްވުމަކަށް ރުހުން ދީފި
ގަޑިއިރެއް ކުރިން

ޑްރަގް ޓްރެފިކް ކުރުން: 2 ދިވެއްސަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
ގަޑިއިރެއް ކުރިން

ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް: ހާލަތު މޮނީޓަރުކުރަނީ
ގަޑިއިރެއް ކުރިން


