
ހަފްތާއެއްގައި ފަންސާސް ހާސް ފަތުރުވެރިން ރާއްޖެ އަށް!

ރިޟްވާން މޫސާ - 07 ފެބްރުއަރީ 2026 - 09:49
މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ ތިންވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ
ޓޫރިޒަމް ސްޓެޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުގައި ޖެނުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 251،261 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައެެވެ.
މިއީ އޭގެ ކުރީ އޭގެ ކުރީ ހަފްތާގައި އައި 200،801 ފަތުރުވެރީންނާއި އަޅާބަލާއިރު 50،460 ނުވަތަ 4.4 ޕަސެންޓު އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ގިނަ ފަތުރުވެރީން އައިސްފައިވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެއީ 171،669 ނުވަތަ 68.3 އިންސައްތަ ފަތުރުވެރީންނެެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރީން ގެސްޓްހައުސްތަކަށް އައިސްފައިވާއިރު، ގެސްޓްހައުސްތަކަށް 67،433 ނުވަތަ 26.8 އިންސައްތަ ފަތުރުވެރީން އައިސްފައިވެއެވެ. އަދި ތިންވަނައަށް ރާއްޖޭގެ ހޮޓެލްތަކަށް 2.7 އިންސައްތަ ނުވަތަ 6،670 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއިން އދއަށް ދައްކަން ޖެހޭ މާލީ އިލްތިޒާމުތައް އަންނަ ހަފްތާގައި ނިންމަނީ
14 ގަޑިއިރު ކުރިން

އީރާނުން މަޝްވަރާކުރާނީ ހަމައެކަނި ނިއުކުލިއަރ މަޝްވަރާތައް އެކަނި: އީރާނުގެ ޚާރިޖީ ވަޒީރު
14 ގަޑިއިރު ކުރިން

ރިޔާސީ ބަޔާނުގައި ކޮންމެ ރައްޔިތަކަށް ޑޮލަރު ލިބޭނެ ވާހަކަ އަށް ސުވާލު އުފެދޭ: ފައިސަލް ނަސީމް
14 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން އޮތީ ރޯނު ފޯއްޔަކުން ބަނދެފަ: ޝިޔާމް
16 ގަޑިއިރު ކުރިން


