
ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން އޮތީ ރޯނު ފޯއްޔަކުން ބަނދެފަ: ޝިޔާމް

ރިޟްވާން މޫސާ - 07 ފެބްރުއަރީ 2026 - 06:34
ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުން އޮތީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ރޯނު ފޯއްޔަކުން ބަނދެފައި ރައްޔިތުން ލޯމައްޗަށް އަނދުން އަޅުއްވާފައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތް ތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ކުޅުދުއްފުށި ސިޓީގައި ބޭއްވި އެޕާޓީގެ ޖަލްސާގައި ވަރަށް ފޯރީގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވަނީ ނިމިދިޔަ ސަރުކާރަށް އަމާޒުކޮށް ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން ވަނީ "ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ކޮޗިން ފެރީއެއްގަ ޖައްސައި، ރޯނު ފޯއްޔަކުން ބަނދެ، އާފަލަކާ އޮރެންޖަކާ ކާންދީފަ ބައިތިއްބަން." ކަމަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މިއީ ކުޅުދުއްްފުށީ ސިޓީގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަމަށް އެމްޑީޕީ ސަރުކާރުން އޭރު ދެކުނު މިންވަރު ކަމަށެވެ.
ވޯޓު ހޯދުމަށް ވެސް ކޮއްފަ ނުކުރާނެ ކަންކަން ހުންނާނެ ކަން ފާހަގަ ކުރައްވައި ޝިޔާމް ވަނީ އެމްޑީޕީ ސަރުކާރުން މަސްކިލޯގެ އަގު ބޮޑު ކުރުމަށްފަހު މަސްވެރިންނަށް ފައިސާ ނުދީ ވެރިކަމުން ފޭބީތީ އެކަމަށްވެސް ފާޑު ވިދާޅުވެފަ އެވެ.
ޝިޔާމް ވިދާޅުވީ މުޅި ގައުމު ބަނގުރޫޓު ވާނެ ހުރިހައި ކަމެއް ސިޔާސީ ބޭނުމުގައި ކުރީގެ ސަރުކާރުން ކޮށްފައި ވާ ކަމަށެވެ.
އެގޮތުން މަސްކިލޯއެއްގެ އަގު ސިޔާސީ ބޭނުމެއްގައި 25 ރުފިޔާ އަށް ބޮޑު ކުރުމަށްފަހު އެއިން އެއްވެސް މަސްވެރިއަކަށް ފައިސާ ދީފައި ނުވާ ކަމަށާއި، މަސްވެރިންނަށް ދޭން ޖެހިފައިވާ 270 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ސަރުކާރުން މަސްވެރިންނަށް ދީފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއްގައި ފަންސާސް ހާސް ފަތުރުވެރިން ރާއްޖެ އަށް!
14 ގަޑިއިރު ކުރިން

އެމެރިކާއިން އދއަށް ދައްކަން ޖެހޭ މާލީ އިލްތިޒާމުތައް އަންނަ ހަފްތާގައި ނިންމަނީ
16 ގަޑިއިރު ކުރިން

އީރާނުން މަޝްވަރާކުރާނީ ހަމައެކަނި ނިއުކުލިއަރ މަޝްވަރާތައް އެކަނި: އީރާނުގެ ޚާރިޖީ ވަޒީރު
16 ގަޑިއިރު ކުރިން

ރިޔާސީ ބަޔާނުގައި ކޮންމެ ރައްޔިތަކަށް ޑޮލަރު ލިބޭނެ ވާހަކަ އަށް ސުވާލު އުފެދޭ: ފައިސަލް ނަސީމް
16 ގަޑިއިރު ކުރިން


