
އެމެރިކާއިން އދއަށް ދައްކަން ޖެހޭ މާލީ އިލްތިޒާމުތައް އަންނަ ހަފްތާގައި ނިންމަނީ

ރިޟްވާން މޫސާ - 07 ފެބްރުއަރީ 2026 - 08:30
އެމެރިކާއިން އދ. އަށް ދައްކަން ޖެހޭ މާލީ އިލްތިޒާމްތަކުގެ ތެރެއިން ފުރަތަމަ ބައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދައްކަން ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެ ޤައުމުން އދށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް އިޢުލާނު ކުރައްވައިފިއެވެ.
އެމެރިކާއިން މި ކަން ހާމަކޮށްފައި މި ވަނީ، ޤައުމުތަކުން ފުރިހަމަ ކުރަން ޖެހޭ މާލީ އިލްތިމާޒުތައް ފުރިހަމަ ކުރަމުން ނުދިޔުމުގެ ސަބަބުން އދ މާލީ ގޮތުން "އިނދަޖެހުމުގެ" ބިރު އޮތް ކަމުގެ އިންޒާރު، ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ވޮލްޓްޒް ވިދާޅުވީ، ފުރަތަމަ ދައްކާ ފައިސާގެ އަދަދަކީ އެމެރިކާއިން އަހަރީ ގޮތުން ދައްކަންޖެހޭ ފީގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ބޮޑު މިންވަރެއް ކަމުގައެވެ.
އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އިދާރާގެ ޢާންމު ބަޖެޓަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ޖުމްލަ ފައިސާގެ 95 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ އެމެރިކާއިން ދައްކަންޖެހޭ ފައިސާއެވެ.
ފެބްރުއަރީ މަހުގެ ކުރީކޮޅުގެ ނިޔަލަށް އެމެރިކާއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތަކުގެ ތެރޭގައި އދގެ ޢާންމު ބަޖެޓަށް ދައްކަން ޖެހޭ 2.19 ބިލިޔަން އެމެރިކާ ޑޮލަރާއި، ސުލްޙަ ބަލަހައްޓާ މިޝަންތަކަށް ދައްކަން ޖެހޭ 2.4 ބިލިޔަން ޑޮލަރާއި، ބައިނަލްއަޤްވާމީ ޓްރައިބިޔުނަލްތަކަށް ދައްކަން ޖެހޭ 43.6 މިލިޔަން ޑޮލަރު ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއްގައި ފަންސާސް ހާސް ފަތުރުވެރިން ރާއްޖެ އަށް!
13 ގަޑިއިރު ކުރިން

އީރާނުން މަޝްވަރާކުރާނީ ހަމައެކަނި ނިއުކުލިއަރ މަޝްވަރާތައް އެކަނި: އީރާނުގެ ޚާރިޖީ ވަޒީރު
14 ގަޑިއިރު ކުރިން

ރިޔާސީ ބަޔާނުގައި ކޮންމެ ރައްޔިތަކަށް ޑޮލަރު ލިބޭނެ ވާހަކަ އަށް ސުވާލު އުފެދޭ: ފައިސަލް ނަސީމް
14 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން އޮތީ ރޯނު ފޯއްޔަކުން ބަނދެފަ: ޝިޔާމް
16 ގަޑިއިރު ކުރިން


