
އީރާނުން މަޝްވަރާކުރާނީ ހަމައެކަނި ނިއުކުލިއަރ މަޝްވަރާތައް އެކަނި: އީރާނުގެ ޚާރިޖީ ވަޒީރު

ރިޟްވާން މޫސާ - 07 ފެބްރުއަރީ 2026 - 08:30
އީރާނުން މަޝްވަރާތައް ކުރާނީ ހަމަ އެކަނި ނިއުކުލިއަރ މަޝްވަރާތައް އެކަނި ކަމަށް އީރާނުގެ ދާޙިލީ ވަޒީރު ޢައްބާސް ޢަރާގްޗީ ވިދާޅުވެއްޖެއެވެ.
ޢުމާނުގައި ކުރިއަށްދާ އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ ނިއުކްލިޔަރ މަޝްވަރާތަކުގެ ފެށުން ރަނގަޅު ކަމަށާއި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާގްޗީ ވަނީ ވިދާޅުވެފަ އެވެ.
އީރާނާއި އެމެރިކާގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް މަޝްވަރާގެ މޭޒުން ހައްލު ހޯދުމަށް އިއްޔެ ވަނީ ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ފަށާފަ އެވެ. ދެ ގައުމުގެ އޮފިޝަލުންގެ މަޝްވަރާ ކުރުން ކުރިއަށްގެންދަނީ އޮމާންގެ ވެރިރަށް، މުސްކަޓްގަ އެވެ.
އީރާނާއި އެމެރިކާއާއި ދެމެދު މަސްރަހު ހޫނުވެފައިވަނީ އީރާން ސަރުކާރާއި ދެކޮޅަށް އެގައުމުގައި ކުރިއަށްދާ މުޒާހަރާގެ ސަބަބުން އެގައުމުގެ ބައެއް މީހުން މަރަމުން އަންނަ ކަމަށް އެމެރިކާއިން ތުހުމަތުކޮށް، އީރާނާއި ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އެމެރިކާއާއި އަޅާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ސުލްހައިގެ މަޝްވަރާތަކުގައި އީރާނުން ބުނެފައިވަނީ އީރާނުގެ ދާޙިލީ އެއްވެސް ކަމެއްގެ ތެރެއަށް އެމެރިކާއިން ވަދެގެން ނުވާނެ ކަމަށައި، މަޝްވަރާ ކުރެވޭނީ ހަމައެކަނި ނިއުކުލިއަރ މަޝްވަރާތައް އެކަނި ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއްގައި ފަންސާސް ހާސް ފަތުރުވެރިން ރާއްޖެ އަށް!
13 ގަޑިއިރު ކުރިން

އެމެރިކާއިން އދއަށް ދައްކަން ޖެހޭ މާލީ އިލްތިޒާމުތައް އަންނަ ހަފްތާގައި ނިންމަނީ
14 ގަޑިއިރު ކުރިން

ރިޔާސީ ބަޔާނުގައި ކޮންމެ ރައްޔިތަކަށް ޑޮލަރު ލިބޭނެ ވާހަކަ އަށް ސުވާލު އުފެދޭ: ފައިސަލް ނަސީމް
14 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން އޮތީ ރޯނު ފޯއްޔަކުން ބަނދެފަ: ޝިޔާމް
16 ގަޑިއިރު ކުރިން


