logo

ރިޔާސީ ބަޔާނުގައި ކޮންމެ ރައްޔިތަކަށް ޑޮލަރު ލިބޭނެ ވާހަކަ އަށް ސުވާލު އުފެދޭ: ފައިސަލް ނަސީމް

profile

ރިޟްވާން މޫސާ - 07 ފެބްރުއަރީ 2026 - 08:21

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ކޮންމެ ރައްޔިތަކީ ރިސޯޓުގެ ހިއްސާދާރަކަށް ހެދުމަށް ވިދާޅުވި ވާހަކަ އަށް ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ސުވާލު އުފައްދަވައިފި އެވެ.

https://wamco.com.mv/

ފައިސަލް ނަސީމަކީ މި ސަރުކާރުގެ ސިޔާސަތާއި އިދިކޮޅު ސިޔާސަތެއް ސިޔާސީ ގޮތުން ގެންގުޅުއްވާ ބޭފުޅެކެވެ.

ފައިސަލް ނަސީމް އެމަނިކުފާނުގެ އެކްސްގައި ވިދާޅުވެފައި ވަނީ " 2030 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެކަމަށް ތަފާސް ހިސާބު ތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން، 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް ހިސާބު ތަކުން ނުދައްކާ" ކަމަށެވެ.

އެމަނިކުފާނު ވަނީ މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް މިހާރު ޑޮލަރުގެ އަގު ހުރި މިންވަރާއި ތަކެތީގެ އަގާއި އިމާރާތް ކުރުމުގެ ޚަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، 10 ރިސޯޓު ހަދަން 800 މިލިއަނެއްހައި ޑޮލަރު ހޯދާނެ ގޮތެއްގެ ވާހަކަ ކަމަށެވެ.

މީގެ އިތުރުން " މެދު ކެނޑުމެއް ނެތި މުޅި ދުނިޔެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުން ތަކާއި، ފަތުރުވެރި ކަމުގެ ދާއިރާގައި އޮތް ވާދަވެރި ކަމުގެ ތެރެއިން، 500 ޑޮލަރަށް ރޫމެއް އެވްރެޖު ޑެއިލީ ރޭޓެއްގެ ގޮތުގައި ވިއްކިދާނެތޯ؟ 500 ޑޮލަރުގެ ރޭޓުން 65 އިންސައްތައިގެ އޮކިއުޕެންސީއެއްގައި ރޫމް ރެވެނިއު ގޮތުގައި އެންމެ ގިނަވެގެން މި ލިބެނީ 17 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާއި ދެމެދުގެ މިންވަރެއް " ކަމަށްވެސް ބުނެފައިވެ އެވެ.

ފައިސަލް ނަސީމް ވަނީ ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ދިވެހި ރާއްޖެ މިއަދާ ހަމައަށް ދެމި އޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން. ކަން ފާހަގަކޮށް މިހާތަނަށް އައިއިރު، ސަރުކާރުން ފަތުރުވެރި ކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން އޮތީ އިންތިހާ އަށް ގެއްލުން ލިބިފައި ކަމަށްވެސް ބުނެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay