logo
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް---

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް---

ސަރުކާރު ހިންގަން ވާނީ ކައުންސިލް ތަކަށް ލިބިފައި އޮތް ބާރުވެރިކަމަށް ޖާގަ ދީގެން: ފައިސަލް

profile

ޖިނާން ޙުސައިން ޖަބީން - 16 އޮކްޓޯބަރު 2026 - 11:47

ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ހިނގަމުން އަންނައިރު، ގައުމުގެ ތަރައްގީގެ އަމާޒަށް ވާސިލުވެވޭނީ ކައުންސިލްތަކުގެ ބާރުތައް ހަނިނުކޮށް، ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދީގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފައިސަލް މި މޭރުމުން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލްތަކަށް މާލީ ގޮތުންނާއި އިހުތިސޯސްގެ ގޮތުން ލިބިދީފައިވާ ބާރުތައް ދަމަހައްޓައި، އެ ބާރުތަކަށް އިހުތިރާމުކޮށްގެން މެނުވީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ހިންގުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

View post on Twitter

މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ 14 ބިމެއް އެއްފަހަރާ ސަރުކާރުގެ ދަށަށް ނެގިއިރު، އެކަން ކުރަންޖެހުނު ސާފު ސަބަބުތައް ތަފުސީލުކޮށް ހާމަކޮށްފައި ނުވާކަމަށާއި، އަދި އެ ނިންމުން ނިންމުމުގައި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި މައްސަލައިގައި ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، ސިޓީ ކައުންސިލްގެ ބިންތައް ސަރުކާރަށް ނަގަން ނިންމީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ފުޅާކުރުމަށް ހިންގަންޖެހޭ މުހިންމު މަޝްރޫއުތަކަށް ޖާގަ ހޯދުމުގެ ގޮތުން ކަމަށެވެ. އަދި އެ ބިންތަކަކީ ގިނަ ދުވަސްތަކެއް ވަންދެން އެދެވޭ މަންފާއެއް ނުލިބި ހުރި ބިންތަކަކަށް ވާތީ، އިޖުތިމާއީ އަދި އަސާސީ ވަސީލަތްތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓުމަކީ މި ބަދަލުގެ މައިގަނޑު ބޭނުން ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ އިހުތިސޯސްގައިވާ ބިންތަކާއި އާންމު ހިދުމަތްދޭ ތަންތަން ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އޮންނަނީ އެ ކައުންސިލަކަށެވެ. އެހެންނަމަވެސް، މަޖިލީހުން ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހުގެ ދަށުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގުމުގެ މަގު ވަނީ ފަހިކޮށްފައެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް އެތަކެއް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319