
—
ފުވައްމުލަކު ދެކުނު ގޮނޑި ނަޒޫއަށް ގެއްލުނީ ފައިސަލް ނަސީމުގެ ސަބަބުން - މަހްލޫފް

އަހުމަދު ޒަލީފު - 23 އޭޕްރީލު 2024 - 15:28
ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ، ފުވައްމުލަކަށް ނިސްބަތްވާ މިދިޔަ ސަރުކާރުގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ
އެ ދާއިރާގެ ގޮނޑި ނެގީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. އޭނާއާ ނަޒްރާ އާ ދެމެދު އިނީ 48 ވޯޓުގެ ތަފާތެކެވެ.
އެ އިންތިހާބާއި ގުޅުވައިގެން މަހުލޫފް އެމްޑީޕީ ގައުމީ މަޖިލީސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށެވެ. އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
މަހްލޫފް ވިދާޅުވީ، އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
"މިކަމުގައި އަޅުގަނޑުމެން މިތިބީ ދޫދޭކަށް ނޫން،".
މަހްލޫފް ވިދާޅުވިގޮތުގައި، މިކަން ފެށުނީ ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ރަނިންގމޭޓަކަށް ހަމަޖެއްސި ހިސާބުންނެވެ.
"އަދިވެސް އިތުރު ސަބަބެއް ހިމެނޭ، އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސް އަށް ހުށަހަޅާފައި. ރައީސް ސޯލިހްގެ ވެރިކަން ނިންމަން އެތައް މަސއްކަތެއް ކުރި ގޮތަށް މިފަހަރު ގޮނޑިވެސް މި ވަނީ ގެއްލުވާލާފައި،". މީގެ ދެ މަސް ކުރިން އެމްޑީޕީއާ ގުޅިވަޑައިގަތް ފައިސަލްއާ ގުޅޭގޮތުން މަހްލޫފް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މައިނިންގ މަޝްރޫޢުގެ ލިޔެކިޔުންތައް އޮޅުވާލި ކަމުގެ ތުހުމަތު އަދާނީއަށް!
2 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ދަނޑުވެރިންނަށް ހާއްސަކޮށްގެން މީދޫގައި މާރުކޭޓެއް ހުޅުވައިފި
3 ގަޑިއިރު ކުރިން

އޯޒޯން އޮފިސަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި
3 ގަޑިއިރު ކުރިން


