logo
ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވުން

ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވުން

ކުރީގެ ނައިބުރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި

profile

އަހުމަދު ޒަލީފު - 22 ފެބްރުއަރީ 2024 - 10:08

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

https://wamco.com.mv/

ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ހަރަކާތެއްގައެވެ.

މި ހަރަކާތުގައި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގެންނެވިއެވެ. ފައިސަލް ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތް ފޯމް ރައީސް ސާލިހަށް ހަވާލު ކުރައްވާފައެވެ.

ހަރާކަތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. ރައްޔިތުންގެ ވިންދާ އިހުސާސްތައް ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވެސް އެބޭފުޅާ ހުންނެވި ކަމަށެވެ. ފިކުރަށް ބަދަލު ނާންނަ ކަމަށާއި ސިޔާސަތުތަކަށް ބަދަލު ނާންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ، އެނގިވަޑައިގަންނަވާނެ އެމްޑީޕީ އަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް މަސައްކަތް ކޮށްދޭ ޕާޓީއަކީ، މަޖިލީހުގެ އިންތިކާބުގެ އަޤުލަބިއްޔަތު ހޯދައިދޭން މަސައްކަތްތަކެއް ކުރަންޖެހޭ، ޒިންމާތައް ދޫކޮށްލެވޭކަށް ނެތް. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނޫން ގޮތެއްގައި އެއްވެސް ވަގުތެއް ހޭދައެއް ނުކުރާނަން. ޕާޓީގެ ލީޑަރޝިޕަށް ދޭންޖެހޭ ހުރިހާ އެއްބާރުލުން އަޅުގަނޑު ދޭނަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ ފިކުރަށް ބަދަލު ނާންނަ ކަމަށާއި ވިސްނުމަށް ބަދަލު ނާންނަކަން ތަކުރާރު ކުރައްވާ ދެވެނީ އެއް މަގަކުން ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ސާލިހު މި ހަފްލާގައި ވިދާޅުވީ ފައިސަލް އަކީ ވަރަށް ގިނަ ބުރަ އަދި ތެދުވެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެއީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319