logo
ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަޞީމް

ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަޞީމް

ފައިސަލް ނަސީމް ޖޭޕީން ވަކިވެވަޑައިގެންފި

profile

އަހުމަދު ޒަލީފު - 21 ޖެނުއަރީ 2024 - 12:14

ޖުމްހޫރީ ޕާޓީ ވުޖޫދަށް އައީއްސުރެ ޕާޓީގައި ދެމިހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖޭޕީން ވަކިވެވަޑައިގެންފިއެވެ.

https://wamco.com.mv/

ފައިސަލް ނަސީމް ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ޖޭޕީން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އިތުރު ޕާޓީއަކާއި އަދި ގުޅި ވަޑައެއް ނުގަންނަވައެވެ.

އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފައިސަލް ނަސީމް ވަނީ ތެދުވެރިކަމާ އިޚުލާސްތެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށްދެއްވާފައެވެ. 2004 ވަނަ އަހަރު ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީހުން ރިޔާސީ މައިދާނަށް ނުކުތް ފައިސަލް ވަނީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އަދި 2008 ވަނަ އަހަރު ޖޭޕީ އުފެދިގެން އައިސް ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން ފައިސަލް ވަނީ ޤާސިމް ޕާޓީއާ ގުޅިވަޑަިއގެންފައެވެ. އެފަހުން މިހާތަނަށް ފައިސަލް ހުންނެވީ ޖޭޕީ މެންބަރެއްގެ ގޮތުގައެވެ.

މަޖިލީހުގެ 2014 ވަނަ އަހަރު ކާށިދޫ ދާއިރާ ތަމްސީލު ކުރެއްވުމަށްފަހު، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ފައިސަލް ނައިބު ރައީސަކަށް ހޮވިވަޑައިގަތެވެ. އެމަނިކުފާނަކީ އާ ގާނޫނު އަސާސީ އުފެދުނު ފަހުން ދައުރެއް ހަމަކުރި ހަމައެކަނި ނައިބު ރައީސެވެ.

ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގަންނަވަން ސިޓީ ހުށަހަޅާފައިވާއިރު ފައިސަލް ދަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ކުރީގެ ރައީސް ސޯލިހުއާ އެކީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

https://wamco.com.mv/
tel:+9607331319