
ރާއްޖެ ބީޗް ވޮލީބޯޅަ ލީގް 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 17 ފެބްރުއަރީ 2025 - 19:16
ރާއްޖެ ބީޗް ވޮލީބޯޅަ ލީގް 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، 2025 އޭޕްރިލް 02 އިން 10 އަށް ރާއްޖެ ބީޗް ވޮލީބޯޅަ ލީގް 2025 ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
އަންހެން އަދި ފިރިހެން ޑިވިޜަނަށް ވާދަކުރެވޭ މިމުބާރާތް އޮންނާނީ މާލެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައެވެ.
މިމުބާރާތް ހުޅުވާލެވިފައިވަނީ ރާއްޖޭގެ ހުރިހާ ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2025 މާރޗް 23 ވާ އާދީއްތަ ދުވަހުގެ 11:00 އެވެ. ޓީމް ލިސްޓް 2025 މާރޗް 23 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހެނީ އަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ ސަރުކާރުގެ ގެޖެޓުންނެވެ.
އިތުރު މަޢުލޫމާތު 3317015 އިން ލިބޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
10 ގަޑިއިރު ކުރިން

ރައީސް އޮފީހުގެ އިސް ދެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު އައްޔަނުކޮށްފި
10 ގަޑިއިރު ކުރިން
.webp&w=3840&q=75)
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ ފޯމް!
13 ގަޑިއިރު ކުރިން

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104.4 މިލިއަން ރުފިޔާ!
13 ގަޑިއިރު ކުރިން


