logo

ޤައުމީ ޤުރުއާން މުބާރާތަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާގޮތަށް ނިންމަވައިފި

profile

އައިޝަތު އިބްރާހިމް - 30 ޖެނުއަރީ 2025 - 03:45

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤައުމީ ޤުރުއާން މުބާރާތަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވާކަން އިޢުލާންކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރްއާން މުބާރާތެވެ. ރަށްރަށުންވެސް ބޮޑު އިސްކަމެއް ދީގެން ބައިވެރިވާ މި މުބާރާތް، މިހާތަނަށް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާއިން ބޮޑު ހަރަދުކޮށްގެންނެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދޭ މުބާރާތެއްކަން ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.


އެގޮތުން މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ އަގުބޮޑު މުބާރާތައް ހައްދަވައި، އެންމެ ބޮޑެތި އިނާމުތައް ދެވޭ މުބާރާތަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއާއެކު މި އަމާޒަށް ވާސިލްވުމަށް މިއަހަރުން ފެށިގެން މި މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުގައި ލިޔެވިގެން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މުބާރާތަކަށް ހެއްދެވުމަށް ރައީސް ނިންމާވަފާއިވާ ކަަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ވަނީ، މި މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތްތައް މިހާރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319