logo
ރައީސް އޮފީސް

ރައީސް އޮފީސް

ދިވެހި ރައްޔިތުންނަށް ހިއްސާ ލިބޭނެ ކަމަށް ބުނެ އައު ކުންފުންޏެއް އުފައްދައިފި

profile

ޖިނާން ޙުސައިން ޖަބީން - 09 ނޮވެމްބަރު 2026 - 13:06

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް ވިދާޅުވެ، ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ގޮތަށް "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި އައު ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

https://wamco.com.mv/

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ކުންފުނީގެ މައިގަނޑު އަމާޒަކީ ގައުމުގެ ފަޅުރަށްތަކާއި ގުދުރަތީ ވަސީލަތްތަކުން ލިބޭ މަންފާ އިތުރުކޮށް، ދައުލަތަށާއި އަންނަން އޮތް ޖީލުތަކަށް އެއިން އެންމެ ފުރިހަމަ ފައިދާ ލިބޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް އެކުލަވައިލުމެވެ. މީގެއިތުރުން، ތިމާވެއްޓާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް، ދިވެހިންނަށް މަތީ ފެންވަރުގެ ވަޒީފާތަކާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، އިގްތިސާދަށް ބޭރު ފައިސާ ވެއްދުމަކީ ވެސް މި ކުންފުނި އުފެއްދެވި ސަބަބެއް ކަމަށް އެ އޮފީހުން ބުންޏެވެ.

މިފަދަ ކުންފުންޏެއް އުފައްދަވާނެކަން ރައީސް އިއުލާންކުރެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި 2026 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ ދުވަހު ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރު މެދުވެރިވެ މަދުވެގެން 10 ރިސޯޓު ތަރައްގީކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެ ތަންތަނުން ލިބޭ ފައިދާގެ ބޮޑުބައެއް އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށާއި، މި މަޝްރޫއުގެ ދަށުން ހަދާ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ދިވެހި ކޮންމެ ރައްޔިތެއް ކަމުގައި ގާނޫނުން ކަނޑައަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ރައީސް މިފަދަ ކުންފުންޏެއް އުފެއްދެވި ނަމަވެސް، ސަރުކާރުގެ ހަރަދުތައް ކުޑަކުރައްވާނެ ކަމަށް މީގެކުރިން ވިދާޅުވެފައިވާ ވިދާޅުވުމާއި މި ނިންމެވުން ފުށުއަރާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އަދި ހަރަދު ކުޑަކުރުމުގެ ނަމުގައި ފެނަކަ އަދި އާރްޑީސީ ފަދަ ކުންފުނިތައް އުވާލުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި، އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލުމުގެ ބިރު އޮއްވައި، އަނެއްކާވެސް އައު ކުންފުނިތައް އުފައްދައި މަގާމުތައް އިތުރުކުރަމުންދާތީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319