logo

ބިންވެރިޔާ ސްކީމުގެ އޮޑިޓުން ފާހަގަވި މައްސަލަތައް އެޗްޑީސީން ފުލުހަށް ހުށަހަޅައިފި

profile

ޒިދާން މުޙައްމަދު - 17 މާރިޗު 2025 - 15:00

ބިންވެރިޔާ ސްކީމުގެ އޮޑިޓުން ފާހަގަވި މައްސަލަތައް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން - އެޗްޑީސީން ފުލުހަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

އެ ކޯޕަރޭޝަނުން ބުނީ، އެ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމުގެ ހުއްދައަށް އެދެމުން އަންނައިރު އެއް ބިމެއްގައި އިމާރާތްކުރުމަށް އެކަކަށް ވުރެ ގިނަ ބަޔަކު އެދޭ ކަމަށެވެ.

އެކަން އެޗްޑީސީގެ ސަމާލުކަމަށް އައުމާ ގުޅިގެން އިތުރަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހާއްސަ އޮޑިޓެއް ވެސް ވަނީ ހަދައިފައެވެ. އެ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް އޮޑިޓުން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ ކުރިމަގުގައި ވެސް އެފަދަ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށާއި އަބަދުވެސް ބަލާނީ އެޗްޑީސީން ދޭ ހިދުމަތްތައް ނަޒާހާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް ކަމަށެވެ.

އެއް ބިމެއްގައި އިމާރާތް ކުރުމަށް އިތުރު އެހެން ފަރާތްތަކުން ވެސް ހުއްދައަށް އެދެމުން އަންނައިރު މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި އޮތް މީހެއް ނޫންކަން ހައުސިން މިނިސްޓްރީން އެޗްޑީސީ އަށް އަންގާފައި އޮއްވައި ވެސް އެ ގޯތީގެ ވަށާފާރު ރާނަން ފަށާފައިހުރި ފޮޓޯތަކެއް އާންމުވުމުންނެވެ.

އެ މައްސަލަ ބަލަނިކޮށް، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެކަމާ ގުޅިގެން ވަނީ އެޗްޑީސީގެ ބޯޑު މެމްބަރުން ވެސް އޭރު ސަސްޕެންޑްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay