logo
ކޮޕް31 ގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ކޮޕް31 ގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ކޮޕް31 ގައި ރައީސް ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައިފި

profile

އާމިނަތު ޝަޒްލާ - 12 ނޮވެމްބަރު 2026 - 10:14

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ ސަމިޓް، ކޮޕް31 (COP31) ގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިއްވަވައިފިއެވެ.

https://wamco.com.mv/

ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި މުހިންމު ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ދިވެހިރާއްޖެއިން އެންމެ އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނުގެ ބަޔާނުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަށާއި، ވެފައިވާ ވަޢުދުތައް ފުއްދުމުގައި އެންމެހައި ޤައުމުތަކުން ޒިންމާދާރުކަން އިސްކޮށް ޖަވާބުދާރީވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން، މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކުދި ޤައުމުތަކަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ މުހިންމުކަން ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ބަޔާނާއެކު، ތިމާވެށީގެ ދާއިރާއިން ދިވެހިރާއްޖެއިން ވަކާލާތުކުރަމުންދާ ކަންކަމަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ވަނީ އިތުރު ސަމާލުކަމެއް ލިބިގެން ގޮސްފައެވެ.

https://wamco.com.mv/
tel:+9607331319