logo

ދެއްވަދޫ ފެނަކަ ބްރާންޗުގެ މެނޭޖަރަށް ވަޒީފާ އަލުން ނުދިން މައްސަލަ އަށް ޖަވާބުދާރީވާން ފެނަކަ އަށް އަންގައިފި

profile

ރިޟްވާން މޫސާ - 12 ނޮވެމްބަރު 2026 - 10:13

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުން ސަސްޕެންޑްކުރުމަށްފަހު، އަލުން ވަޒީފާ ނުދިން މައްސަލައިގައި ފެނަކަ ކޯޕަރޭޝަނުން ނެގި އިޖުރާއީ ނުކުތާ ބާޠިލުކޮށް، އެ މައްސަލައަށް މައުޝޫޢީ ގޮތުން ޖަވާބުދާރީވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ކުންފުންޏަށް އަމުރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައަކީ ފެނަކައިގެ ގއ. ދެއްވަދޫ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރުގެ މަޤާމުގައި ހުރި އަޙްމަދު ޝަފީޤު (ސައްޕޭ)، ލޯކަލް ކައުންސިލް އިންތިޚާބުގައި ދެއްވަދޫ ކައުންސިލްގެ ރައީސްކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމާ ގުޅިގެން ވަޒީފާއިން ވަގުތީގޮތުން ސަސްޕެންޑްކުރުމަށްފަހު، އިންތިޚާބު ނިމުމުން ވަޒީފާ އިއާދަކޮށްދީފައި ނުވާތީ ހުށަހެޅި މައްސަލައެކެވެ.

އިންތިހާބު ނިމުމުން އަލުން ވަޒީފާ އަށް ނުކުތުމަށާއި، އޭނާގެ ސަސްޕެންޝަން އުވާލަ ދިނުމަށް އެދި ސައްޕޭ ވަނީ ފެނަކަ އަށް ސިޓީ އަކުން އެދިފަ އެވެ. ނަމަވެސް ފެނަކަ އިން އެއްވެސް ޖަވާބެއް ލިބިފައި ނުވުމުން އަލުން ވަޒީފާ ހޯދުމަށާއި، ވަޒީފާ އިން ނުނިކުމެވި ހުރި ދުވަސްތަކަށް މުސާރަ އާއި އެހެނިހެން އިނާޔަތްތަކާި ގެއްލުމުގެ ބަދަލު ހޯދުމަށް ވަޒީފާ އާއިބެހޭ ޓްރައިބިލުނަލަށް މައްސަލަ ހުށައެޅި އެވެ.

މި މައްސަލައިގައި ފެނަކައިން އިޖުރާއީ ނުކުތާއެއް ނަގައި ބުނެފައިވަނީ، ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ހުށަހެޅުމަށް ވަޒީފާއާބެހޭ ޤާނޫނުގައި އޮންނަ ތިން މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާތީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ނެތް ކަމަށެވެ.

ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމެވީ މިއީ ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއް ނޫން ކަމަށާއި، ވަގުތީ ސަސްޕެންޝަނުގެ ސަބަބު ފިލައިދިއުމުން ވެސް އަނބުރާ ވަޒީފާ ނުދިނުމުން އުފެދިފައިވާ ޚިލާފެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319