logo
މާލެއިން ގެއްލިގެން ހޯދަމުންދާ 32 އަހަރުގެ ދިވެހި ފިރިހެނާ، ފޮޓޯ: ފުލުހުން

މާލެއިން ގެއްލިގެން ހޯދަމުންދާ 32 އަހަރުގެ ދިވެހި ފިރިހެނާ، ފޮޓޯ: ފުލުހުން

މާލެއިން ގެއްލިގެން ޒުވާނަކު ހޯދަން ފަށައިފި

profile

އާމިނަތު ޝަޒްލާ - 12 ނޮވެމްބަރު 2026 - 12:00

މާލެއިން 32 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް ކަމަށެވެ.

އާދަމް އިކްރާމްގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނޮވެންބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައެއް ނުވެއެވެ. އެހެންކަމުން، އާދަމް އިކްރާމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ގެއްލޭ މީހުން ހޯދުމަށާއި، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފުލުހުންގެ ޚިދުމަތުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

https://wamco.com.mv/
tel:+9607331319