
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހި ގައުމު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅެއް: ރައީސް

ޖިނާން ޙުސައިން ޖަބީން - 03 ނޮވެމްބަރު 2026 - 10:17
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދިވެހި ސިފައިންނާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައިފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސިފައިންނާއި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ، މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ. އަދި މި ގައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ކުރައްވައިފައެވެ.
މީގެއިތުރުން، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފައެވެ. އެކަމަނާގެ މެސެޖުގައި، ދިވެހި ގައުމުގެ ހައްގުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ގައުމީ ބަތަލުންނާއި މާތް ޝަހީދުންގެ ޒިކުރާ އައުކުރައްވައި، އެ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ. އަދި ދިވެހި އުންމަތް އަބަދުމެ މިނިވަންކަމާއި ބާއްޖަވެރިކަންމަތީ ލެހެއްޓެވުން އެދިވަޑައިގެން ވެސް އެކަމަނާ ދުއާކުރެއްވިއެވެ.
ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަމުން ދަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިންގެ މަދު ހާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ޓެރަރިސްޓް ގުރޫޕަކުން މާލެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއިން ދިވެހި ގައުމު ސަލާމަތްވެ، ލިބުނު ފަހުރުވެރި ނަސްރުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. މި އުދުވާނުގައި ދިވެހި ގައުމާއި ދީނުގެ ދިފާއުގައި ހަނގުރާމަކުރި ސިފައިންނާއި އާންމު ރައްޔިތުން ހިމެނޭހެން، ޖުމްލަ 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

"މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ، ގައުމުގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައި"
5 ގަޑިއިރު ކުރިން

ނަސްރުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ވަގުތީގޮތުން ބަންދުކުރަނީ
ދުވަހެއް ކުރިން

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ
3 ދުވަސް ކުރިން

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
4 ދުވަސް ކުރިން


