
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---
ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޖިނާން ޙުސައިން ޖަބީން - 30 އޮކްޓޯބަރު 2026 - 06:26
ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ސްޕެއިންގެ ދެކުނުބިތުގައި ހިނގި މި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތަކެއް ބަޔަކު ވަނީ ޒަހަމްވެފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ސްޕެއިންގެ ދެކުނުގައި ހިނގައިދިޔަ އެކްސިޑެންޓްގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ސްޕެއިންގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.
މީގެއިތުރުން، މި ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދިން ތާރީހީ ބާބެއް: ރައީސް
7 ދުވަސް ކުރިން

ރާއްޖެއާއި ޕާކިސްތާނާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: ރައީސް މުއިއްޒު
8 ދުވަސް ކުރިން

ޕާކިސްތާނުގެ ޔުނިވަރސިޓީއަކުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި
9 ދުވަސް ކުރިން

އައު އީޖާދުތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުން މުހިއްމު: ރައީސް
14 ދުވަސް ކުރިން


