logo
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖެއާއި ޕާކިސްތާނާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: ރައީސް މުއިއްޒު

profile

ޖިނާން ޙުސައިން ޖަބީން - 22 އޮކްޓޯބަރު 2026 - 17:00

ގައުމީ އެއަރލައިން "މޯލްޑިވިއަން" އިން ރާއްޖެއާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ. ޖަޒީރާ ގައުމުތަކުގެ އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ވިޔަފާރީގެ މުއާމަލާތްތައް މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި، ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތަކާއި ކަނޑުދަތުރުފަތުރުގެ ގުޅުންތައް ގާއިމުކުރުމަށް ދެ ގައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް ލުއިފަސޭހަކަމެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ގުޅުން އަވަސް މުސްތަގުބަލެއްގައި ގާއިމުކުރުމަށްޓަކައި އެކަމާ ގުޅޭ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ޕާކިސްތާނުގެ ގައުމީ އެއަރލައިންއާއި އެހެނިހެން އެއަރލައިންތައް މެދުވެރިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. މީގެއިތުރުން ރާއްޖެއަކީ ޕާކިސްތާނުގެ ވިޔަފާރިވެރިންނަށާއި ފަތުރުވެރިންނަށް ޗުއްޓީ ހޭދަކޮށްލުމަށާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ހުޅުވިފައިވާ ރަނުގެ ފުރުސަތެއް ކަމަށް ވެސް ޝެހެބާޒް ވަނީ ވިދާޅުވެފައެވެ.

ޖުމުލަ ގޮތެއްގައި ދެ ގައުމުގެ ވެރިން ވެސް ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން ދެ ގައުމު ގުޅާލުމަކީ، އިގުތިސާދީ ގޮތުން ދެ ގައުމަށް ވެސް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ.

https://wamco.com.mv/
tel:+9607331319