
ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން---
ނަސްރުގެ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ވަގުތީގޮތުން ބަންދުކުރަނީ

ޖިނާން ޙުސައިން ޖަބީން - 02 ނޮވެމްބަރު 2026 - 09:10
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ފަޅުގެ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ، މި ހިނގާ ނޮވެމްބަރު މަހުގެ 3 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ސަބަބުން، ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން މަގުތަކާއި ފަޅު ބަންދުކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
• ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
• ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުން: ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
• މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 13:30 އިން ފެށިގެން ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން، އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދު ބަންދުވާނެއެވެ.
• ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުވާނެއެވެ.
މި ބަދަލުތަކާ ގުޅިގެން އެއްގަމާއި ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށާއި، އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް އެ ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަނީ
2 ދުވަސް ކުރިން

ނޮވެމްބަރު 3: އެ ދުވަހުގެ ހަނދާންތައް ހިތްތަކުން ފިލައިގެން ނުދާނެ
އަހަރެއް ކުރިން

ތިނެއް ނޮވެމްބަރުގެ ހަނދާނުގައި ރަސްމީ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
އަހަރެއް ކުރިން


