
ތިނެއް ނޮވެމްބަރުގެ ހަނދާނުގައި ރަސްމީ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

މުޙައްމަދު ފަޟްލޫން - 03 ނޮވެމްބަރު 2025 - 05:00
ނޮވެމްބަރު 3 ގެ ހަނދާނުގައި ރަސްމީ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6 ޖެހިއިރު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދުގައެވެ.
މި ރަސްމިއްޔާތުގައި ހަނދާނީ ބިނާގައި 8 ދިދަ ވަނީ ޖަހާފައެވެ.
މި 8 ދިދަ ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވީ 8 ސިފައިންގެ ބޭކަލުންނެވެ.
ޖުމްހޫރީ ދުވަހާއި ގުޅިގެން ކުރިއަށްދިޔަ ދިދަ ޖެހުމުގެ ރަސްމިއްޔާތުގައި ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވެއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޝަހީދުވީ މީހުންގެ ހަނދާނުގައި 1 މިނެޓްގެ ސުކޫތެއްވެސް ގެނެސްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން ދައުލަތުގެ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަހަރުގެ ނަޞްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރެވުނު ފަތިސްނަމާދުންނެވެ.
3 ނޮވެމްބަރުގެ ހަނދާނީ ބިނާއަކީ އެދުވަހު ގައުމުގެ ދިފާއުގައި ވެފައިވާ އަގުނުކުރެވޭ ގުރުބާނީގެ ޒިކުރާ އައު ކުރުމަށް ގާއިމްކޮށްފައިވާ ބިނާއެކެވެ.
ގުޅުން ހުރި ޙަބަރުތައް

އާރަށު މައްސަލައިގަ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބޭރުކޮށްލައިފި
މިނިޓެއް ކުރިން

މަޖިލީހުގެ މަސައްކަތްތަކަށް ޚިޔާލު ހޯދާ އިލެކްޓްރޯނިކް ނިޒާމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
2 މިނިޓު ކުރިން

އުތުރުފަރާތު ބަނދަރު ސާފުކޮށް ކުނި ނަގައިފި: ކުނި އަޅާ ފަރާތްތައް ރިޕޯޓުކުރުމަށް ސިޓީ ކައުންސިލުން އެދެފި
2 މިނިޓު ކުރިން

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ހުރި ބައެއް ތަކެތި ނީލަން ކިޔަނީ
5 މިނިޓު ކުރިން


