
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މަސައްކަތްތަކަށް ޚިޔާލު ހޯދާ އިލެކްޓްރޯނިކް ނިޒާމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 10:56
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާ މައްސަލަތަކަށް، ވީހާވެސް ފަސޭހައިން ޚިޔާލު ހުށަހެޅޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ އައު އިލެކްޓްރޯނިކް ނިޒާމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމުގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 15:30 ގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަޖިލީހުން ޤާނޫނުތައް ހެދުމާއި، ކޮމިޓީތަކުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކަށް އާންމު ރައްޔިތުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އަދި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން ތަޢާރަފުކުރާ އައު އިލެކްޓްރޯނިކް ޕްލެޓްފޯމަކީ ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭނެ، އިތުބާރު ހުރި ނިޒާމަކަށް ހެދުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މި މުހިންމު ބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓަރީ ކުރަންޖެހެއެވެ.
ރަޖިސްޓަރީ ކުރެއްވުމަށް މަޖިލީހުގެ ފޯމް ލިންކު (https://forms.majlis.gov.mv/public-cso) މެދުވެރިކޮށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފޯނު ނަންބަރު 3032655 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޔަހޫދީންނަށް ރަސްމާލެ ދިނުމާ މެދު ކަންބޮޑުވާ ޢިލްމުވެރިންގެ ޢަދަދު 90 އަށް ވުރެ މައްޗަށް އަރައިފި
4 މިނިޓު ކުރިން

ތިން އަހަރުގެ ބަޖެޓުން އެތައް މިލިއަނެއް ޚަރަދުކުރި ނަމަވެސް އެންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމެއް ނުލިބޭ: އައްބާސް
29 މިނިޓު ކުރިން

އާރަށު މައްސަލައިގަ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބޭރުކޮށްލައިފި
ގަޑިއިރެއް ކުރިން

އުތުރުފަރާތު ބަނދަރު ސާފުކޮށް ކުނި ނަގައިފި: ކުނި އަޅާ ފަރާތްތައް ރިޕޯޓުކުރުމަށް ސިޓީ ކައުންސިލުން އެދެފި
ގަޑިއިރެއް ކުރިން


