logo
އައްޑޫ ސިޓީ ކައުންސިލް އިދާރާ

އައްޑޫ ސިޓީ ކައުންސިލް އިދާރާ

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ހުރި ބައެއް ތަކެތި ނީލަން ކިޔަނީ

profile

އާމިނަތު ޝަޒްލާ - 02 ނޮވެމްބަރު 2026 - 10:53

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހުރި ބައެއް ބައުތަކެތި ނީލަމުގައި ވިއްކާލުމަށް އެ ކައުންސިލުން ނިންމައި، އެކަން އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

އައްޑޫ ސިޓީ ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި، އެ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ. މި ނީލަން ކުރިއަށްދާނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ.

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ތަކެތި ޢާންމުންނަށް ދައްކާލުމުގެ އިންތިޒާމް 9 ނޮވެމްބަރު 2026 ވާ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކައުންސިލް އިދާރާގައި ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ނީލަން ކިޔާ ތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް އެ ގަޑިތަކުގައި ތަކެތި ބެލުމުގެ ފުރުޞަތު އޮންނާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. މީގެއިތުރުން، ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގުތައް ވެސް އިޢުލާނާއެކު ވަނީ ޢާންމުކޮށްފައެވެ.

ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި، މި ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ އެކި ލޮޓުތަކަށް ބަހާލައިގެން، ކޮންމެ ލޮޓެއް ވެސް އެއްކޮށެވެ. އަދި ނީލަމުގައި ބައިވެރިވެ ތަކެތި ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދުނޫން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުންނަ ތަކެތި ދެވަނަ ފަހަރަށް ނީލަމަށް ލެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކުން، 14 ނޮވެމްބަރު 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެ ކައުންސިލުން ވަނީ ދަޢުވަތު އަރުވާފައެވެ.

https://wamco.com.mv/
tel:+9607331319