logo
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް---

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް---

ރިއަލް އެސްޓޭޓް ބިލު މަޖިލީހަށް ހުށަހެޅީ ގާނޫނު ފުނޑާލައި، ބޭރު މީހުންނަށް ދިވެހި ބިން މިލްކުކޮށްދޭން: މީކާއީލް

profile

ޖިނާން ޙުސައިން ޖަބީން - 16 ނޮވެމްބަރު 2026 - 06:59

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ބިލަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ދިވެހިންގެ ބިމަށް ލިބިދީފައިވާ ރައްކާތެރިކަން ނިމުމަކަށް ގެނެސް، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކޮށްދިނުމަށް ގެނައި ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ބިލުގެ ނަމުގައި ރީތިކޮށްގެން ދިވެހި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް މި ބިލުގެ ހަގީގީ މަގުސަދު ވަރަށް ސާފު ކަމަށެވެ. އެގޮތުން، ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިން މިލްކުކޮށް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާގެ ރޫހު ފުނޑުފުޑުކޮށްލުމަކީ މި ބިލުގެ އަސްލު ބޭނުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ހަމައެހެންމެ، 99 އަހަރަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގެ ބިން، ބޭރުގެ އެއްވެސް ފަރާތްތަކަށް ކުއްޔަށް ނުދެވޭނެ ކަމަށް އޮންނަ އޮތުން ވެސް މި ބިލުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ބިލުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ދިވެހިންގެ ބިމަށް ފޯރުކޮށްދީފައިވާ ރައްކާތެރިކަން ނިމުމަކަށް ގެނައުން. ގާނޫނުއަސާސީގެ 251 މާއްދާގައި ބަޔާންކޮށްފައިވާ ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ބިން މިލްކުކޮށް ނުދެވޭނެ ކަމަށް ބުނާ މާއްދާގެ ރޫހު އެ މާއްދާގައި އެ ބުނާ ވާހަކަ ފުނޑުފުޑުކޮށްލުން މި ބިލުގެ ބޭނުމަކީ. މި ބިލުގެ މަގުސަދަކީ 99 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ ބިން ދިވެހިރާއްޖޭގެ ފަސްގަނޑު ބޭރުގެ ފަރާތަކަށް ކުއްޔަށް ނުދެވޭނެ ކަމަށް ބުނާ ބުނުން ނިމުމަކަށް ގެނައުން." - މީކާއިލް ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވަމުން މީކާއީލް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން އާސަންދަ ކަނޑާލަން ތައްޔާރުވަމުންދާއިރު، ބޭރުގެ ވިޔަފާރިވެއެއް ކަމަށްވާ މުހައްމަދު އަލައްބާރާއި އޭނާގެ ކުންފުނި އީގަލް ހިލްސްއަށް ހުސްނުވާ 99 އަހަރަށް ރަސްމާލޭގެ ބިން މިލްކުކޮށްދޭން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން، ދިވެހި ރައްޔިތުން ބޭހަށާއި ޑޮލަރަށް ޖައްސައި، ދައުލަތުގެ މާލިއްޔަތުގައި ހުރި މަދު ޑޮލަރުކޮޅު ބޭނުންކޮށްގެން ފަޅުތައް ހިއްކުމަށްފަހު ބޭރު މީހުންނަށް ވިއްކާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިންގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކާލަން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅިގެން ދިޔުމަކީ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ވެސް ވަރަށް ލަދުވެތި ދުވަހެއްގެ ގޮތުގައި މީކާއީލް ސިފަކުރެއްވިއެވެ.

މީކާއިލް ވިދާޅުވީ، ރޭގެ ވަގުތެއްގައި ފައިސާއިން ފުރިފައިހުރި ކަޅު ދަބަހެއް އަޅުވައިގެން "ބްރަދަރ އަބްދުﷲ" މަޖިލީހަށް ވަޑައިގެންނެވި ކަމަށާއި، އަލައްބާރާއި އީގަލް ހިލްސް ކުންފުނީގެ ފައިސާ މަޖިލީހުގެ ތެރެއަށް ފޯރާފައިވާ ކަމަށެވެ. މިކަން މިގޮތަށް ހިނގާފައިވާއިރު ދިވެހި ރައްޔިތުންގެ ޖީބަށް ލިބޭ އެއްވެސް ޑޮލަރެއް އަދި ތިޔާގިކަމެއް ނެތް ކަމަށް ވިދާޅުވެ، މީކާއީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319