logo
މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން / ފޮޓޯ: މަޖިލިސް

މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން / ފޮޓޯ: މަޖިލިސް

އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 16 ނޮވެމްބަރު 2026 - 11:17

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށާއި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ދިރާސާކުރި ސަބް ކޮމިޓީން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

މީގެ ތެރެއިން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ 66 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި އިސްލާޙުގެ މައިގަނޑު ބޭނުމަކީ ޓެކްސް ދައްކަންޖެހޭ އާމްދަނީ ކަނޑައެޅުމުގައި، ޓެކްސް ދައްކާ ފަރާތްތަކުން އުނިކުރާ އިންޓްރެސްޓްގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކުރުމެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް އެބިޓްޑާގެ 25އިންސައްތަ އެވެ.

މީގެ އިތުރުން މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ހުރި ބައެއް މާއްދާތައް އުނިކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ.

މި ބަދަލު ތަންފީޒުވާން ފެށުމުން، ދައުލަތަށް އާމްދަނީގެ ގޮތުގައި 496،300،302 (ހަތަރުސަތޭކަ ނުވަދިހަ ހަ މިލިއަން ތިންސަތޭކަ ހާސް ތިންސަތޭކަ ދޭއް) ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައުމަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުވެސް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލު ފާސްވެފައިވަނީ 67 މެމްބަރުންގެ ވޯޓާއެކުގައެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ޓެކްސް އަށް މަކަރުހެދުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

މީގެ އިތުރުން، ވިޔަފާރިތަކަށް މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޤާނޫނުގައި ހުރި ބައެއް ހުރަސްތައް ނައްތާލުމަށާއި، ރާއްޖޭގެ އިންބައުންޑް ޓޫރިޒަމް ކުރިއެރުވުމަށް މަގުފަހިކޮށްދީ، ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މި ބިލަކީ މުހިންމު ބިލެއްކަން މެންބަރުންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319