
އައްޑޫ ސިޓީ ހިތަދޫގައި އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލްކުރުން / ފޮޓޯ: އޭއީއެޗް
ހިތަދޫ އެމްބިއުލާންސް ކޮމްޕްލެކްސް ޢިމާރާތްކުރުން ބަޔަކާ ހަވާލުކޮށްފި

މުޙައްމަދު ފަޟްލޫން - 16 ނޮވެމްބަރު 2026 - 13:07
އައްޑޫ ސިޓީ ހިތަދޫގައި އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ނޫރައްދީން އިންވެސްޓްމެންޓާ ހަވާލުކޮށްފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢު ނޫރައްދީން އިންވެސްޓްމެންޓާ ޙަވާލުކޮށްފައިވަނީ 7 މަސްދުވަހުގެ ތެރޭގައި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި ހިދުމަތް ފޯރުކޮށްދޭން ފަށާ ގޮތަށެވެ.
މި އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް އަދި ދަތުރުފަތުރުގެ ހިދުމަތްތަކަށް ހާއްސަ ކޮށްގެން ތިން ބުރީގެ ޢިމާރާތެއް ބިނާކުރެވޭނެއެވެ.
މި ޢިމާރާތުގައި އެމްބިއުލާންސް ޕާކުކުރުމާއި، އުޅަނދުފަހަރުގެ ކުދި މަރާމާތުތައް ކުރުމުގެ އިތުރުން ތަކެތި ރައްކާކުރާނެ ގުދަނެއް ހިމެނޭނެއެވެ.
މީގެއިތުރުން، އެމްބިއުލާންސް ޑިސްޕެޗް އަދި ކޯލް ކޯޑިނޭޝަން ސެންޓަރަކާއި، ޑްރައިވަރުންނާއި ޓެކްނީޝަނުން ހިމެނޭހެން މުވައްޒަފުންގެ މަސައްކަތަށް ބޭނުންވާ ހާއްސަ ޖާގަތައް ވެސް މި ޢިމާރާތުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިހާރު ދެމުންގެންދާ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް އޭއީއެޗް އިން ވަނީ ބުނެފައެވެ.
މި ބަދަލާއެކު، އިމަޖެންސީ މެޑިކަލް ޓެކްނީޝަން (އީއެމްޓީ) އަދި ޕެރެމެޑިކްސްގެ ހިދުމަތްތައް ތަޢާރަފުވެ، ކުއްލި ހާލަތްތަކުގައި ދެވޭ އިޖާބަ އިތުރަށް އަވަސްވެ ހަރުދަނާވެގެންދާނެ ކަމަށް އޭއީއެޗް އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާސްޕޯޓް ނިމިފައިވާނަމަ ލަސްނުކޮށް ހަވާލްވާން އިމިގްރޭޝަނުން އެދިއްޖެ
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ރިއަލް އެސްޓޭޓް ބިލުގައި ބިމުގެ މުއްދަތު އޮތް ގޮތަށް ޒަރިޔަންދު ފާޑުވިދާޅުވެއްޖެ
11 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކުމާ ދެކޮޅަށް އެމްޑީޕީން ނުކުންނަންޖެހޭ: މީކާއިލް
13 ގަޑިއިރު ކުރިން

އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
13 ގަޑިއިރު ކުރިން


