
އިމިގްރޭޝަނުން ޕާސްޕޯޓް ހަވާލްކުރަނީ / ފޮޓޯ: އިމިގްރޭޝަން
ޕާސްޕޯޓް ނިމިފައިވާނަމަ ލަސްނުކޮށް ހަވާލްވާން އިމިގްރޭޝަނުން އެދިއްޖެ

މުޙައްމަދު ފަޟްލޫން - 16 ނޮވެމްބަރު 2026 - 13:06
ތައްޔާރުކޮށް ނިމިފައިވާ ޕާސްޕޯޓުތައް ލަސްނުކޮށް ހަވާލްވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސް ކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޕާސްޕޯޓު ހަދައި ނިމިފައިވީ ނަމަވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނާންނަކަން ވަނީ ފާހަގަކުރެވިފައެވެ.
އިމިގްރޭޝަނުން ބުނީ ޕްރިންޓްކޮށް ނިމިފައިވާ ޕާސްޕޯޓުތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ އެންމެ ގިނަވެގެންވެސް 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި މި މުއްދަތު ހަމަވުމުން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ޕާސްޕޯޓުތައް ނައްތާލެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ޕާސްޕޯޓު ތައްޔާރުވެ ނިމިފައިވާކަން އަންގާ ހިއްސާކުރުމުން ވީއެންމެ އަވަހަކަށް އެ ތަކެއްޗާ ހަވާލުވުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
މާލެ އާއި ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ދަނީ ގިނަ ގުނަ މަސައްކަތްތައް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އެމްބިއުލާންސް ކޮމްޕްލެކްސް ޢިމާރާތްކުރުން ބަޔަކާ ހަވާލުކޮށްފި
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ރިއަލް އެސްޓޭޓް ބިލުގައި ބިމުގެ މުއްދަތު އޮތް ގޮތަށް ޒަރިޔަންދު ފާޑުވިދާޅުވެއްޖެ
11 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކުމާ ދެކޮޅަށް އެމްޑީޕީން ނުކުންނަންޖެހޭ: މީކާއިލް
13 ގަޑިއިރު ކުރިން

އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
13 ގަޑިއިރު ކުރިން


